ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އިންޓާން – އެޑްމިނިސްޓްރޭޓިވް ސެކްޝަން

މަޤާމް :އިންޓާން – އެޑްމިނިސްޓްރޭޓިވް ސެކްޝަން
ބޭނުންވާ އަދަދު :1

މަގާމު:                  

ބޭނުންވާ ޢަދަދު:

ބޭނުންވާ މުއްދަތު:

ސެކްޝަން / ޔުނިޓް:

އޮފީސް:

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

އިންޓާން – އެޑްމިނިސްޓްރޭޓިވް ސެކްޝަން

1 (އެކެއް)

06 މަސް

އެޑްމިނިސްޓްރޭޓިވް ސެކްޝަން

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ

ޙާޟިރުވާ ކޮންމެ ދުވަހަކަށް -/330 ރުފިޔާ

މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިދާރީބަޔަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
  2. މިއޮތޯރިޓީއަށް އަންނަ ސިޓީ، ނޯޓް، އީމެއިލް އަދި ޖެމްސް މެދުވެރިކޮށް އަންނަ ލިޔެކިއުންތައް އެންޓްރީކޮށް ވެރިންގެ ލަފައާއެކު ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ގަވާއިދުން ޙަވާލުކުރުން އަދި ޖަވާބުދޭންޖެހޭ އިދާރީ ލިޔެކިޔުންތަކަށް ޖަވާބުދިނުމާއި، އިދާރީ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  3. މިއޮތޯރިޓީގެ ކައުންޓަރަށް އަންނަ ފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރުން އަދި މައުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ކަމާގުޅެ ފަރާތްތަކާ ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައި ދިނުން.
  4. މިއޮތޯރިޓީގެ އޮފީސް ހުޅުވާ ބަންދުކުރުމުގެ ތާވަލް ތައްޔާރުކޮށް އަންގަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި ތާވަލް ޙިއްސާ ކުރަންޖެހޭ ފަރާތްތަކާ ޙިއްސާކުރުން.
  5. މިއޮތޯރިޓީގެ ހަރުމުދަލުގެ އިންވެންޓްރީ މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ބަލަހައްޓާ، އިންވެންޓްރީއަށް އަންނަ ބަދަލުތައް ބަލައި ހޯދާތަކެތި ރަޖިސްޓަރީކޮށް ބެލެހެއްޓުން އަދި ލިއުންތައް ފައިލްކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ދިނުން
  6. މިއޮތޯރިޓީގެ އިދާރީ ސްޓޮކް މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ސެޕް ސިސްޓަމް މެދުވެރިކޮށް ތަކެތި ދޫކުރުމާއި ތަކެތި ހޯދުމުގެ މަސައްކަތް ބަލަހައްޓަމުން ގެންދިއުމުގައި އެހީތެރިކަން ދިނުން
  7. މިއޮތޯރިޓީގެ އަހަރު ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ވެރިންގެ ލަފާގެ މަތިން ކުރުން އަދި ޔައުމިއްޔާ ލިޔުމުގައި އެހީތެރިކަން ދިނުން.
  8. މި އޮތޯރިޓީއަށް ބޭނުންވާ ތަމްރީންތައް ދެނެގަނެ، ކޮންމެ އަހަރެއްގެ ޓްރޭނިންގ ކަލަންޑަރު އެކުލަވާލާ، ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަންދިނުން.
  9. މިއޮތޯރިޓީގެ އެޗް.އާރުގެ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން އަދި މިއޮތޯރިޓީއަށް އަންނަ ޓްރޭނިންތަކާއި/ވާރކްޝޮޕް/ސެމިނަރ ފަދަ ކަންކަމުގައި މުވައްޒަފުން ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތް ވެރިންގެ ލަފައާއެކު ކުރުން.
  10. މިއޮތޯރިޓީގެ އިދާރީ ސްޓޮކްގެ މަސައްކަތް ކުރުން މިގޮތުން ސްޓޮކަށް ބޭނުންވާ ތަކެތި ގަވާއިދުން ހޯދައި،  ސްޓޮކުން ތަކެތި ނެގުމަށްއެދޭ ފަރާތްތަކަށް ތަކެތި ދޫކޮށް ސްޓޮކުން މަދުވާ ތަކެތި ހޯދައި ދުވަހުން ދުވަހަ ސްޓޮކް މަސައްކަތް ބެލެހެއްޓުން.

މަގާމުގެ ޝަރުތުތައް:

  • ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސް ވެފައިވުން (ސެކަންޑަރީ ސްކޫލް އިމްތިހާނުގައި ދިވެހި މާއްދާ އިން ދަށްވެގެން "ޑީ" އެއް ލިބިފައިވުން)، ނުވަތަ
  • އޭލެވެލް ފުރިހަމަ ކޮށްފައިވުމާއެކު (ސެކަންޑަރީ ސްކޫލް އިމްތިހާނުގައި ދިވެހި މާއްދާ އިން ދަށްވެގެން "ޑީ" އެއް ލިބިފައިވުން).

ނޯޓް: މަޤާމަށް މީހަކު ނެގުމުގައި ކޮމްޕިއުޓަރއަށް އަހުލުވެރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. އިންޓާންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  2. އިންޓާންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަގާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  [email protected] މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  20 އޮކްޓޫބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާ ދެމެދު،  ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

11 އޮކްޓޫބަރު 2026
ހޯދާ