|
މަގާމު:
ބޭނުންވާ ޢަދަދު:
ބޭނުންވާ މުއްދަތު:
ސެކްޝަން / ޔުނިޓް:
އޮފީސް:
ވަޒީފާ އަދާކުރަންޖެހޭ ތަން:
މުސާރަ:
|
އިންޓާން – އެޑްމިނިސްޓްރޭޓިވް ސެކްޝަން
1 (އެކެއް)
06 މަސް
އެޑްމިނިސްޓްރޭޓިވް ސެކްޝަން
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
ޙާޟިރުވާ ކޮންމެ ދުވަހަކަށް -/330 ރުފިޔާ
|
|
މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ރާއްޖެއަށް ކުރިމަތިވެދާނެ ކާރިޘާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިދާރީބަޔަށް ދޭންޖެހޭ އެއްބާރުލުން ދިނުން.
- މިއޮތޯރިޓީއަށް އަންނަ ސިޓީ، ނޯޓް، އީމެއިލް އަދި ޖެމްސް މެދުވެރިކޮށް އަންނަ ލިޔެކިއުންތައް އެންޓްރީކޮށް ވެރިންގެ ލަފައާއެކު ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ގަވާއިދުން ޙަވާލުކުރުން އަދި ޖަވާބުދޭންޖެހޭ އިދާރީ ލިޔެކިޔުންތަކަށް ޖަވާބުދިނުމާއި، އިދާރީ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
- މިއޮތޯރިޓީގެ ކައުންޓަރަށް އަންނަ ފަރާތްތަކަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކުރުން އަދި މައުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ކަމާގުޅެ ފަރާތްތަކާ ބައްދަލުކުރެވޭނޭ އިންތިޒާމް ހަމަޖައްސައި ދިނުން.
- މިއޮތޯރިޓީގެ އޮފީސް ހުޅުވާ ބަންދުކުރުމުގެ ތާވަލް ތައްޔާރުކޮށް އަންގަންޖެހޭ ފަރާތްތަކަށް ޙަވާލުކުރުމާއި ތާވަލް ޙިއްސާ ކުރަންޖެހޭ ފަރާތްތަކާ ޙިއްސާކުރުން.
- މިއޮތޯރިޓީގެ ހަރުމުދަލުގެ އިންވެންޓްރީ މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ބަލަހައްޓާ، އިންވެންޓްރީއަށް އަންނަ ބަދަލުތައް ބަލައި ހޯދާތަކެތި ރަޖިސްޓަރީކޮށް ބެލެހެއްޓުން އަދި ލިއުންތައް ފައިލްކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ދިނުން
- މިއޮތޯރިޓީގެ އިދާރީ ސްޓޮކް މާލިއްޔަތުގެ ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ސެޕް ސިސްޓަމް މެދުވެރިކޮށް ތަކެތި ދޫކުރުމާއި ތަކެތި ހޯދުމުގެ މަސައްކަތް ބަލަހައްޓަމުން ގެންދިއުމުގައި އެހީތެރިކަން ދިނުން
- މިއޮތޯރިޓީގެ އަހަރު ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތް ވެރިންގެ ލަފާގެ މަތިން ކުރުން އަދި ޔައުމިއްޔާ ލިޔުމުގައި އެހީތެރިކަން ދިނުން.
- މި އޮތޯރިޓީއަށް ބޭނުންވާ ތަމްރީންތައް ދެނެގަނެ، ކޮންމެ އަހަރެއްގެ ޓްރޭނިންގ ކަލަންޑަރު އެކުލަވާލާ، ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިކަންދިނުން.
- މިއޮތޯރިޓީގެ އެޗް.އާރުގެ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން އަދި މިއޮތޯރިޓީއަށް އަންނަ ޓްރޭނިންތަކާއި/ވާރކްޝޮޕް/ސެމިނަރ ފަދަ ކަންކަމުގައި މުވައްޒަފުން ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތް ވެރިންގެ ލަފައާއެކު ކުރުން.
- މިއޮތޯރިޓީގެ އިދާރީ ސްޓޮކްގެ މަސައްކަތް ކުރުން މިގޮތުން ސްޓޮކަށް ބޭނުންވާ ތަކެތި ގަވާއިދުން ހޯދައި، ސްޓޮކުން ތަކެތި ނެގުމަށްއެދޭ ފަރާތްތަކަށް ތަކެތި ދޫކޮށް ސްޓޮކުން މަދުވާ ތަކެތި ހޯދައި ދުވަހުން ދުވަހަ ސްޓޮކް މަސައްކަތް ބެލެހެއްޓުން.
|
|
މަގާމުގެ ޝަރުތުތައް:
|
- ޖީ.ސީ.އީ އޯލެވެލް 3 މާއްދާއިން ފާސް ވެފައިވުން (ސެކަންޑަރީ ސްކޫލް އިމްތިހާނުގައި ދިވެހި މާއްދާ އިން ދަށްވެގެން "ޑީ" އެއް ލިބިފައިވުން)، ނުވަތަ
- އޭލެވެލް ފުރިހަމަ ކޮށްފައިވުމާއެކު (ސެކަންޑަރީ ސްކޫލް އިމްތިހާނުގައި ދިވެހި މާއްދާ އިން ދަށްވެގެން "ޑީ" އެއް ލިބިފައިވުން).
ނޯޓް: މަޤާމަށް މީހަކު ނެގުމުގައި ކޮމްޕިއުޓަރއަށް އަހުލުވެރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
|
|
ވަޒީފާތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
|
- އިންޓާންޝިޕަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- އިންޓާންޝިޕަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
|
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
|
މަގާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއް ޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
ޝޯޓް ލިސްޓް ކުރުން:
|
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
|
އިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
|
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 އޮކްޓޫބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާ ދެމެދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން:
|
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|