ދިވެހިރާއްޖެ
ހޮވައިގެން ގެނެވިފައިވާ އަތުކުރީ ގަޑިއެއްގެ ވެރިފަރާތް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު B12C- BI/[IUL]/2026/100 އިޢުލާނުގެ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތަކުން އެ އިޢުލާނަށް އިޖާބަ ދީފައި ނުވާތީ، އެ ގަޑި ވިއްކާލުމަށް މި މިކޯޓުގެ ނަންބަރު 2026-B12-CIV-272 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާ ގުޅިގެން، ސިޓީ ނީލަމުގައި އެ ގަޑި ވިއްކާލުމަށް މި ކޯޓުގެ ނަންބަރު B12C-BI/[IUL]/2026/115 އިޢުލާނުގެ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތަކުން އެ އިޢުލާނަށް އިޖާބަ ދީފައި ނުވާތީ ދެވަނަފަހަރަށް އިޢުލާންކުރަމެވެ.
ނީލަން ކިޔޭ މުދާ: 1 އަތުކުރި ގަޑި
ނީލަން ފެށޭ އަގު: 10/-ރ (ދިހަ ރުފިޔާ)
ނީލަމުގެ މުއްދަތު: 08 އޮކްޓޫބަރ 2026 އިން 23 އޮކްޓޫބަރ 2026 އަށް.
ފަހަރަކު މަދުވެގެން އިތުރުކުރެވޭ އަގު: 05/-ރ (ފަސް ރުފިޔާ)
ނީލަމުގައި ހުށަހެޅިފައިވާ އެންމެ މަތީ އަގު، ކޮންމެ ދުވަހަކު މި ކޯޓުގެ ނޯޓިސް ބޯޑުގައި ޙިއްސާކުރެވެމުން ދާނެއެވެ.
ވީމާ ޝައުޤުވެރިކަން ހުރި ފަރާތްތަކުން އަގު ހުށަހެޅުމަށް ދަންނަވަމެވެ.
