ޢާންމު މަޢުލޫމާތު
ނަންބަރު: B12C-F/[IUL]/2026/141
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 23 އޮކްޓޫބަރު 2026 00:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހޮވައިގެން ގެނެވޭ ތަކެތި ނީލަމުގައި ވިއްކާލުން

ހޮވައިގެން ގެނެވިފައިވާ އަތުކުރީ ގަޑިއެއްގެ ވެރިފަރާތް ހޯދުމަށް ކުރެވުނު މި ކޯޓުގެ ނަންބަރު B12C- BI/[IUL]/2026/100 އިޢުލާނުގެ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތަކުން އެ އިޢުލާނަށް އިޖާބަ ދީފައި ނުވާތީ، އެ ގަޑި ވިއްކާލުމަށް މި މިކޯޓުގެ ނަންބަރު 2026-B12-CIV-272 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާ ގުޅިގެން، ސިޓީ ނީލަމުގައި އެ ގަޑި ވިއްކާލުމަށް މި ކޯޓުގެ ނަންބަރު B12C-BI/[IUL]/2026/115 އިޢުލާނުގެ މުއްދަތު ހަމަވިއިރު، އެއްވެސް ފަރާތަކުން އެ އިޢުލާނަށް އިޖާބަ ދީފައި ނުވާތީ ދެވަނަފަހަރަށް އިޢުލާންކުރަމެވެ.

 

ނީލަން ކިޔޭ މުދާ:                1 އަތުކުރި ގަޑި

ނީލަން ފެށޭ އަގު:                10/-ރ (ދިހަ ރުފިޔާ)

ނީލަމުގެ މުއްދަތު:                08 އޮކްޓޫބަރ 2026 އިން 23 އޮކްޓޫބަރ 2026 އަށް.

ފަހަރަކު މަދުވެގެން އިތުރުކުރެވޭ އަގު:   05/-ރ (ފަސް ރުފިޔާ)

ނީލަމުގައި ހުށަހެޅިފައިވާ އެންމެ މަތީ އަގު، ކޮންމެ ދުވަހަކު މި ކޯޓުގެ ނޯޓިސް ބޯޑުގައި ޙިއްސާކުރެވެމުން ދާނެއެވެ.

ވީމާ ޝައުޤުވެރިކަން ހުރި ފަރާތްތަކުން އަގު ހުށަހެޅުމަށް ދަންނަވަމެވެ.

 

08 އޮކްޓޫބަރު 2026