|
މަޤާމު
|
ސީނިއަރ އޮފިސަރ
|
|
ބޭނުންވާ ޢަދަދު
|
01
|
|
ވަޒީފާގެ ބާވަތް
|
01 އަހަރު ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ވެެއަރހައުސް އެންޑް ލޮޖިސްޓިކްސް / ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް/މިފްކޯ ހެޑް އޮފީސް
|
|
މުސާރަ
|
4,950.00 ރުފިޔާ
|
|
އިތުރު ޢިނާޔަތްތައް:
|
- ސަރވިސް އެލަވަންސް: 2,970.00 ރުފިޔާ
- މިނިމަމް ވޭޖް އެލަވަންސް: 2,326.50 ރުފިޔާ
- ފުޑް އެލަވަންސް: -/1،800.00 ރުފިޔާ
- ސެޓްފިކެޓް ލެވަލް 7 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %40
- ސެޓްފިކެޓް ލެވަލް 5 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %20
- އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ
|
|
ޝަރުޠު:
|
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް/އޭ ލެވެލް ހާސިލްކޮށްފައިވުން ނުވަތަ ގުޅުން ހުރި ދާއިރާ އަކުން ޑިޕްލޮމާ ނުވަތަ ޑިގްރީއެއް ހޯދާފައިވުން.
- މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން އެއް އަހުރެގެ ތަޖުރިބާ ހޯދާފައިވުން
- މައިކްރޮސޮފްޓް އޮފިސް ޕެކޭޖުގެ މަޢޫލޫމާތާއި އޭގެތެރޭގައި ހިމެނޭ އެއްޗެތި ރަނގަޅަށް ބޭނުންކުރަން ދެނެގަތުން.
|
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ލިބޭ މުދަލުގެ ތާޒާކަމާއި، ފިނިހޫނުމިން ހުންނަންޖެހޭ މިންގަނޑާއި، ގެއްލުމެއް ލިބިފައިވޭތޯ ބަލައި، މުދަލުގެ މުއްދަތު ހަމަވާ ތާރީޚުތައް ރަނގަޅަށް ބަލައި ޗެކްކުރުން.
- މުދަލުގެ މުއްދަތު ހަމަވާ ތާރީޚުތައް ގަވާއިދުން މޮނިޓަރކޮށް، އިންވެންޓްރީގެ އުސޫލުތަކާ އެއްގޮތަށް މުދާ ބެލެހެއްޓުން.
- ޕާޗޭސް އޯޑަރު ގައިވާ ތަފްސީލުތަކާއި، ސަޕްލަޔަރުގެ ކޯޓޭޝަނާއި، އަދި ލިބުނު މުދަލުގެ ބާވަތާއި އަދަދު ދިމާވޭތޯ ރަނގަޅަށް ޔަގީންކުރުން.
- އޯޑަރާ ދިމާނުވާ ނުވަތަ ފެންވަރު ދަށް މުދާ ވަކިކޮށް، އެތަކެތީގެ ރެކޯޑް ބެލެހެއްޓުމާއި، އެފަދަ ތަކެތި އަނބުރާ ފޮނުވާލުމުގެ މަސައްކަތް ޕްރޮކިއުމަންޓާއި ސަޕްލަޔަރުންނާ ގުޅިގެން ކުރިއަށް ގެންދިއުން.
- ކުރިއަށް ހުރި ޑެލިވަރީތަކަށް ބޭނުންވާ މުދާ ހުރިތޯއާއި މުދާ ލިބޭނެ ވަގުތު ސަޕްލަޔަރުން މެދުވެރިކޮށް ކަށަވަރުކޮށް، މުދާ އުފުލާ އުޅަނދުފަހަރު އަންނަންވާއިރަށް ގުދަން ތައްޔާރުކުރުން.
- މުދާ ހުރި މިންވަރާއި ލިބޭނެ ތާރީޚުތައް ސަޕްލަޔަރުން މެދުވެރިކޮށް ކަށަވަރުކުރުމާއި، ކުރިއަށް ހުރި ޑެލިވަރީތަކުގެ މައުލޫމާތު ދުރާލައި ހިއްސާކޮށް، އުޅަނދުފަހަރު އަންނަންވާއިރަށް ގުދަން ތައްޔާރުކޮށް ބެލެހެއްޓުން.
- ކުއްލިއަށް ބޭނުންވާ މުދާ ހޯދުމަށްޓަކައި ސަޕްލަޔަރުންގެ ފަރާތުން ސީދާ މުދާ ނެގުމުގެ އިންތިޒާމުތައް ހަމަޖައްސައި އެކަން ކޯޑިނޭޓްކުރުން.
- ކްރެޑިޓް ލިމިޓްގެ ސަބަބުން ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން ޑެލިވަރީއަށް ހުރަސްއެޅޭ ކަންކަން ހައްލުކުރުމަށް ސަޕްލަޔަރުންނާއި ފައިނޭންސް ޓީމާ ގުޅިގެން މަސައްކަތްކުރުން.
- މައިކްރޯސޮފްޓް ޑައިނަމިކްސް އޭ.އެކްސް (Microsoft Dynamics AX) މެދުވެރިކޮށް ގުދަނުގެ ދުވަހީ މަސައްކަތްތައް ނިންމުން.
- ކުންފުނީގެ ހުރިހާ ސައިޓްތަކަކަށާއި ހެޑް އޮފީހަށް ފެންނާނޭހެން ޕާޗޭސް އޯޑަރުތަކުގެ ތަފްސީލުތައް ގަވާއިދުން އަދާހަމަކޮށް ބެލެހެއްޓުން.
- މުދާ ބަރުކުރާ ސަރަހައްދުގައި އަމަލީގޮތުން ހަރަކާތްތެރިވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
ބ- ޕޮލިސްރިޕޯޓް.
|
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
|
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 އޮކްޓޯބަރ 2026 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިންނެވެ.
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
|
|
ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.
|