ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/141
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 14 އޮކްޓޫބަރު 2026 12:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ - ވެެއަރހައުސް އެންޑް ލޮޖިސްޓިކްސް/މިފްކޯ ހެޑް އޮފީސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

ސީނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

01

ވަޒީފާގެ ބާވަތް

01 އަހަރު ކޮންޓްރެކްޓް (03 މަސް ޕްރޮބޭޝަން) 1 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

ވެެއަރހައުސް އެންޑް ލޮޖިސްޓިކްސް / ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް/މިފްކޯ ހެޑް އޮފީސް

މުސާރަ

 4,950.00  ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ސަރވިސް އެލަވަންސް:  2,970.00  ރުފިޔާ
  • މިނިމަމް ވޭޖް އެލަވަންސް: 2,326.50 ރުފިޔާ
  • ފުޑް އެލަވަންސް: -/1،800.00 ރުފިޔާ
  • ސެޓްފިކެޓް ލެވަލް 7 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %40
  • ސެޓްފިކެޓް ލެވަލް 5 ހާސިލްކޮށްފައިވާނަމަ ބޭސިކް މުސާރައިގެ %20
  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ

ޝަރުޠު:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް/އޭ ލެވެލް ހާސިލްކޮށްފައިވުން ނުވަތަ ގުޅުން ހުރި ދާއިރާ އަކުން ޑިޕްލޮމާ ނުވަތަ ޑިގްރީއެއް ހޯދާފައިވުން.
  • މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން އެއް އަހުރެގެ ތަޖުރިބާ ހޯދާފައިވުން
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖުގެ މަޢޫލޫމާތާއި އޭގެތެރޭގައި ހިމެނޭ އެއްޗެތި ރަނގަޅަށް ބޭނުންކުރަން ދެނެގަތުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ލިބޭ މުދަލުގެ ތާޒާކަމާއި، ފިނިހޫނުމިން ހުންނަންޖެހޭ މިންގަނޑާއި، ގެއްލުމެއް ލިބިފައިވޭތޯ ބަލައި، މުދަލުގެ މުއްދަތު ހަމަވާ ތާރީޚުތައް ރަނގަޅަށް ބަލައި ޗެކްކުރުން.
  • މުދަލުގެ މުއްދަތު ހަމަވާ ތާރީޚުތައް ގަވާއިދުން މޮނިޓަރކޮށް، އިންވެންޓްރީގެ އުސޫލުތަކާ އެއްގޮތަށް މުދާ ބެލެހެއްޓުން.
  • ޕާޗޭސް އޯޑަރު ގައިވާ ތަފްސީލުތަކާއި، ސަޕްލަޔަރުގެ ކޯޓޭޝަނާއި، އަދި ލިބުނު މުދަލުގެ ބާވަތާއި އަދަދު ދިމާވޭތޯ ރަނގަޅަށް ޔަގީންކުރުން.
  • އޯޑަރާ ދިމާނުވާ ނުވަތަ ފެންވަރު ދަށް މުދާ ވަކިކޮށް، އެތަކެތީގެ ރެކޯޑް ބެލެހެއްޓުމާއި، އެފަދަ ތަކެތި އަނބުރާ ފޮނުވާލުމުގެ މަސައްކަތް ޕްރޮކިއުމަންޓާއި ސަޕްލަޔަރުންނާ ގުޅިގެން ކުރިއަށް ގެންދިއުން.
  • ކުރިއަށް ހުރި ޑެލިވަރީތަކަށް ބޭނުންވާ މުދާ ހުރިތޯއާއި މުދާ ލިބޭނެ ވަގުތު ސަޕްލަޔަރުން މެދުވެރިކޮށް ކަށަވަރުކޮށް، މުދާ އުފުލާ އުޅަނދުފަހަރު އަންނަންވާއިރަށް ގުދަން ތައްޔާރުކުރުން.
  • މުދާ ހުރި މިންވަރާއި ލިބޭނެ ތާރީޚުތައް ސަޕްލަޔަރުން މެދުވެރިކޮށް ކަށަވަރުކުރުމާއި، ކުރިއަށް ހުރި ޑެލިވަރީތަކުގެ މައުލޫމާތު ދުރާލައި ހިއްސާކޮށް، އުޅަނދުފަހަރު އަންނަންވާއިރަށް ގުދަން ތައްޔާރުކޮށް ބެލެހެއްޓުން.
  • ކުއްލިއަށް ބޭނުންވާ މުދާ ހޯދުމަށްޓަކައި ސަޕްލަޔަރުންގެ ފަރާތުން ސީދާ މުދާ ނެގުމުގެ އިންތިޒާމުތައް ހަމަޖައްސައި އެކަން ކޯޑިނޭޓްކުރުން.
  • ކްރެޑިޓް ލިމިޓްގެ ސަބަބުން ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން ޑެލިވަރީއަށް ހުރަސްއެޅޭ ކަންކަން ހައްލުކުރުމަށް ސަޕްލަޔަރުންނާއި ފައިނޭންސް ޓީމާ ގުޅިގެން މަސައްކަތްކުރުން.
  • މައިކްރޯސޮފްޓް ޑައިނަމިކްސް އޭ.އެކްސް (Microsoft Dynamics AX) މެދުވެރިކޮށް ގުދަނުގެ ދުވަހީ މަސައްކަތްތައް ނިންމުން.
  • ކުންފުނީގެ ހުރިހާ ސައިޓްތަކަކަށާއި ހެޑް އޮފީހަށް ފެންނާނޭހެން ޕާޗޭސް އޯޑަރުތަކުގެ  ތަފްސީލުތައް ގަވާއިދުން އަދާހަމަކޮށް ބެލެހެއްޓުން.
  • މުދާ ބަރުކުރާ ސަރަހައްދުގައި އަމަލީގޮތުން ހަރަކާތްތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • ވަޒީފާއަށް އެދިއީމެއިލް ކުރައްވާނީ  [email protected] އަށެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 14 އޮކްޓޯބަރ 2026 ވަނަ ދުވަހު މެންދުރު  12:00 ގެ ކުރިންނެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932ފޯނަށް ގުޅުއްވުން އެދެމެވެ.

08 އޮކްޓޫބަރު 2026