މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާއި ޑިޒައިނާ އެއްގޮތަށް ކަލަންޑަރު ފޯރުކޮށްދިނުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާއި، ޑިޒައިނާ އެއްގޮތަށް ކަލަންޑަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 22 ސެޕްޓެންބަރު 2026 ގައި ގެޒެޓްކޮށްފައިވާ ނަންބަރު (IUL)220-AS/1/2026/96 އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ، ދެންނެވުނު ތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި ތަކެތި ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ތަން

މަޢުލޫމާތު ސާފުކުރުން

12 އޮކްޓޫބަރު 2026

ހޯމަ

14:00

ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ގްރައުންޑް ފްލޯރ، އަމީނީމަގު، މާލެ

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

19 އޮކްޓޫބަރު 2026

ހޯމަ

11:00

 

މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސާފުކުރެއްވުމުގެ ސެޝަނަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް، އެ މަޢުލޫމާތު ހޯދުމަށް އެދި މި އޮތޯރިޓީގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުމުން، މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ދުވަހުގެ މަޢުލޫމާތު ސެޝަން ނިމުމުން އެ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ. އަދި އެ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނެ ވާހަކަ ދަންނަވަމެވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ބަޔާންކުރައްވަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.

07 އޮކްޓޫބަރު 2026
ހޯދާ