ދިވެހިރާއްޖެ
މި އޮތޯރިޓީން ދޭ މަޢުލޫމާތާއި، ޑިޒައިނާ އެއްގޮތަށް ކަލަންޑަރު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 22 ސެޕްޓެންބަރު 2026 ގައި ގެޒެޓްކޮށްފައިވާ ނަންބަރު (IUL)220-AS/1/2026/96 އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ، ދެންނެވުނު ތަކެތި ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި ތަކެތި ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
|
ތާރީޚް |
ދުވަސް |
ވަގުތު |
ތަން |
|
މަޢުލޫމާތު ސާފުކުރުން |
12 އޮކްޓޫބަރު 2026 |
ހޯމަ |
14:00 |
ޓެކްސްޕޭޔަރ ސަރވިސް ސެންޓަރ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ގްރައުންޑް ފްލޯރ، އަމީނީމަގު، މާލެ |
|
އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން |
19 އޮކްޓޫބަރު 2026 |
ހޯމަ |
11:00 |
މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސާފުކުރެއްވުމުގެ ސެޝަނަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް، އެ މަޢުލޫމާތު ހޯދުމަށް އެދި މި އޮތޯރިޓީގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުމުން، މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ދުވަހުގެ މަޢުލޫމާތު ސެޝަން ނިމުމުން އެ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ. އަދި އެ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނެ ވާހަކަ ދަންނަވަމެވެ. އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ބަޔާންކުރައްވަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.