މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ނެލަށް ދަތުރުކޮށްދޭނެ ދޯންޏެއް ހޯދުމާއި ގުޅޭ

  1. ރ.ނެލާއި އިނގުރައިދޫ އާއި ދޭތެރޭގައި ކުއްޔަށް ދަތުރުތައް ކުރުމަށް ދޯންޏެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު (IUL)309-AHI/309/2026/78 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންގެ އަގު އެކަށީގެންވާ އަގުތަކަށްވުރެ ބޮޑު ކަމުގައި ފެންނާތީ، ކުރިން ކުރެވިފައިވާ އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ. ވީމާ މި ދަތުރުތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
  2. ދަތުރުގެ އަގު – އަގު ހުށަހަޅާނީ ދަތުރަކަށެވެ.
  3. އުޅަނދު ކުއްޔަށް ނަގަންބޭނުންވާ މުއްދަތު – 1 އަހަރަށް.
  4. ދޯނީގެ ބޮޑުމިން – 25 ފޫޓާއި 30 ފޫޓާއި ދެމެދު އުޅަނދެއް.
  5. ދަތުރު ކުރާ ދޯނީގެ ޑީސަލް އެޅުމަކީ ދަތުރު ކޮށްދޭ ފަރާތުގެ ޒިންމާއެކެވެ.
  6. މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، 19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާށް ކޯޓޭޝަން ހުށަހެޅުންވުން އެދެމެވެ.
  7. މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

       ފޯނު ނަންބަރު: 6580028

       އީ-މެއިލް: [email protected]

       ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

07 އޮކްޓޫބަރު 2026
ހޯދާ