ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-AHI/309/2026/89
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި:
19 އޮކްޓޫބަރު 2026 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ. ނެލަށް ދަތުރުކޮށްދޭނެ ދޯންޏެއް ހޯދުމާއި ގުޅޭ
- ރ.ނެލާއި އިނގުރައިދޫ އާއި ދޭތެރޭގައި ކުއްޔަށް ދަތުރުތައް ކުރުމަށް ދޯންޏެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު (IUL)309-AHI/309/2026/78 އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ ކޯޓޭޝަންގެ އަގު އެކަށީގެންވާ އަގުތަކަށްވުރެ ބޮޑު ކަމުގައި ފެންނާތީ، ކުރިން ކުރެވިފައިވާ އިޢުލާން ވަނީ ބާޠިލްކުރެވިފައެވެ. ވީމާ މި ދަތުރުތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ދަތުރުގެ އަގު – އަގު ހުށަހަޅާނީ ދަތުރަކަށެވެ.
- އުޅަނދު ކުއްޔަށް ނަގަންބޭނުންވާ މުއްދަތު – 1 އަހަރަށް.
- ދޯނީގެ ބޮޑުމިން – 25 ފޫޓާއި 30 ފޫޓާއި ދެމެދު އުޅަނދެއް.
- ދަތުރު ކުރާ ދޯނީގެ ޑީސަލް އެޅުމަކީ ދަތުރު ކޮށްދޭ ފަރާތުގެ ޒިންމާއެކެވެ.
- މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، 19 އޮކްޓޫބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާށް ކޯޓޭޝަން ހުށަހެޅުންވުން އެދެމެވެ.
- މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
07 އޮކްޓޫބަރު 2026