ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށްމެންބަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ޤާނޫނީ ވަކީލުން މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ.
|
މަޤާމު / މަސައްކަތް |
|
|
ޕެނަލްގެ މަސައްކަތް: |
ބާ އިމްތިހާނުގެ އެސެސްމަންޓް ބޯޑުގެ ނިންމުންތަކާ ގުޅިގެން ހުށަހެޅޭ އިސްތިއުނާފީ މައްސަލަތައް ބެލުން. |
|
މެންބަރުން ބޭނުންވާ ޢަދަދު: |
ކެޓަގަރީ 1 ސީނިއަރ ލެވެލް: ޤާނޫނީ ދާއިރާގައި މަސައްކަތްކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވުން (1) ކެޓަގަރީ 2 މިޑް-ލެވެލް: ޤާނޫނީ ދާއިރާގައި މަސައްކަތްކުރާތާ 6 – 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން (1) |
|
ކޮމިޓީގެ ދައުރާއި މަސައްކަތަށް ހޭދަވާނެ ވަގުތު: |
މި މަސައްކަތް ކުރިއަށްދާނީ ޑިސެމްބަރު 1 އިން 15 އަށެވެ. އިމްތިޙާނާ ގުޅިގެން އެއްވެސް އިސްތިއުނާފީ މައްސަލައެއް ނުލިބޭނަމަ، މި ޕެނަލްގެ މަސައްކަތެއް ނުހިނގާނެއެވެ. |
|
އަސާސީ ޝަރުތުތައް: |
|
|
އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް: |
ބާ އިމްތިޙާނުގެ ގަވާއިދާއި އުސޫލާ އެއްގޮތްވާގޮތުގެ މަތިން އެސެސްމަންޓް ބޯޑުގެ ނިންމުންތަކާ ގުޅިގެން ހުށަހެޅޭ އިސްތިއުނާފުތައް ބަލައި ގޮތެއް ނިންމުން |
|
މުސާރަ އާއި އެލަވަންސް: |
މި ޕެނަލުގެ މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ. |
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
ނޯޓް: ވަނަވަރުގައި ކޮމިޓީގެ މަޤާމާ ގުޅޭ ތަޖުރިބާ ނުވަތަ މަސައްކަތްތައް ސާފުކޮށް ބަޔާންކުރުމަށް ނުވަތަ ފެންނާނެގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު ހުށައެޅުމަށް ސަމާލުކަން ދޭންވާނެއެވެ. |
|
އެޕްލިކޭޝަން ހުށައެޅުން: |
މި ޕެނަލުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށައަޅާނީ ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް މެދުވެރިކޮށެވެ. ގޫގްލް ފޯމް: https://forms.gle/SCNhR4CQhHtApbzc6 |
|
ސުންގަޑި: |
25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00 |
މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
