މަސައްކަތް
ނަންބަރު: 480/IUL/2026/24
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 25 އޮކްޓޫބަރު 2026 08:00
ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށް ޤާނޫނީ ވަކީލުން ހޯދުމާގުޅޭ

2026 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލަށްމެންބަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ޤާނޫނީ ވަކީލުން މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ޝަރުތުތައް ތިރީގައި އެވަނީއެވެ. 

މަޤާމު / މަސައްކަތް

 

ޕެނަލްގެ މަސައްކަތް:

ބާ އިމްތިހާނުގެ އެސެސްމަންޓް ބޯޑުގެ ނިންމުންތަކާ ގުޅިގެން ހުށަހެޅޭ އިސްތިއުނާފީ މައްސަލަތައް ބެލުން.

މެންބަރުން ބޭނުންވާ ޢަދަދު:

ކެޓަގަރީ 1

ސީނިއަރ ލެވެލް: ޤާނޫނީ ދާއިރާގައި މަސައްކަތްކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވުން (1)

ކެޓަގަރީ 2

މިޑް-ލެވެލް: ޤާނޫނީ ދާއިރާގައި މަސައްކަތްކުރާތާ 6 – 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން (1)

ކޮމިޓީގެ ދައުރާއި މަސައްކަތަށް ހޭދަވާނެ ވަގުތު:

މި މަސައްކަތް ކުރިއަށްދާނީ ޑިސެމްބަރު 1 އިން 15 އަށެވެ.

އިމްތިޙާނާ ގުޅިގެން އެއްވެސް އިސްތިއުނާފީ މައްސަލައެއް ނުލިބޭނަމަ، މި ޕެނަލްގެ މަސައްކަތެއް ނުހިނގާނެއެވެ.

އަސާސީ ޝަރުތުތައް:

  1. ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން
  2. ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތުން
  3. ކަނޑައެޅިފައިވާ ކެޓަގަރީގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  4. ބާ އިމްތިޙާނު ހިނގާގޮތުގެ ޢިލްމު ނުވަތަ ތަޖުރިބާ ލިބިފައިވުން

އިސްތިއުނާފީ މައްސަލަ ބަލާ ޕެނަލުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް:

ބާ އިމްތިޙާނުގެ ގަވާއިދާއި އުސޫލާ އެއްގޮތްވާގޮތުގެ މަތިން އެސެސްމަންޓް ބޯޑުގެ ނިންމުންތަކާ ގުޅިގެން ހުށަހެޅޭ އިސްތިއުނާފުތައް ބަލައި ގޮތެއް ނިންމުން

މުސާރަ އާއި އެލަވަންސް:

މި ޕެނަލުގެ މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަނަވަރު
  2. މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ

ނޯޓް: ވަނަވަރުގައި ކޮމިޓީގެ މަޤާމާ ގުޅޭ ތަޖުރިބާ ނުވަތަ މަސައްކަތްތައް ސާފުކޮށް ބަޔާންކުރުމަށް ނުވަތަ ފެންނާނެގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު ހުށައެޅުމަށް ސަމާލުކަން ދޭންވާނެއެވެ.

އެޕްލިކޭޝަން ހުށައެޅުން:

މި ޕެނަލުގައި ހަރަކާތްތެރިވުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށައަޅާނީ ތިރީގައިވާ ލިންކުގައިވާ ގޫގްލް ފޯމް މެދުވެރިކޮށެވެ.

ގޫގްލް ފޯމް: https://forms.gle/SCNhR4CQhHtApbzc6

ސުންގަޑި:

25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 8:00

 

މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected]  އެޑްރެހަށް އީމެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

06 އޮކްޓޫބަރު 2026