ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ގާނޫނު ނަންބަރ 7/2010) ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެއް މިހިނގާ އޮކްޓޯބަރ މަހުގެ 15 އަދި 16 ވަނަ ދުވަހުގެ ރޭ 20:30 ގައި ބަނޑިދޫ އީ-ސެންޓަރުގެ ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެއެވެ.

  1. ބަނޑިދޫ ބަނދަރު ބޭނުންކުރުމުގެ އުޞޫލް (އިސްލާހުކޮށް ޑްރާފްޓް ކުރެވިފައިވާ)
  2. ކުނި މެނޭޖްކުރުމުގެ އުޞޫލް (އަލަށް ޑްރާފްޓް ކެރެވިފައިވާ)
  3. ކައުންސިލްގެ އެންގުންތަކާއި އުޞޫލްތަކަށް އަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ އުޞޫލް (އަލަށް ޑްރާފްޓް ކެރެވިފައިވާ)
  4. ބަނޑިދޫގައި އޮޑިދޯނިފަހަރު އެހެލާ ބޭލުމާއި، މަރާމާތުކުރުމާއި، ފައިބަރު މަސައްކަތް ކުރުމުގެ އުޞޫލު (އަލަށް ޑްރާފްޓް ކެރެވިފައިވާ)
  5. ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ގުޅޭ ގޮތުން
  6. އަލަށް އެޅުމަށް ހަމަޖެހިފައިވާ ޕޮލިސް އިމާރާތް ރިލޮކޭޓް ކުރުމާއި ގުޅޭގޮތުން

              ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

06 އޮކްޓޫބަރު 2026
ހޯދާ