ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)376/376/2026/52
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 09:24
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ގާނޫނު ނަންބަރ 7/2010) ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުމެއް މިހިނގާ އޮކްޓޯބަރ މަހުގެ 15 އަދި 16 ވަނަ ދުވަހުގެ ރޭ 20:30 ގައި ބަނޑިދޫ އީ-ސެންޓަރުގެ ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަން ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެއެވެ.
- ބަނޑިދޫ ބަނދަރު ބޭނުންކުރުމުގެ އުޞޫލް (އިސްލާހުކޮށް ޑްރާފްޓް ކުރެވިފައިވާ)
- ކުނި މެނޭޖްކުރުމުގެ އުޞޫލް (އަލަށް ޑްރާފްޓް ކެރެވިފައިވާ)
- ކައުންސިލްގެ އެންގުންތަކާއި އުޞޫލްތަކަށް އަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ އުޞޫލް (އަލަށް ޑްރާފްޓް ކެރެވިފައިވާ)
- ބަނޑިދޫގައި އޮޑިދޯނިފަހަރު އެހެލާ ބޭލުމާއި، މަރާމާތުކުރުމާއި، ފައިބަރު މަސައްކަތް ކުރުމުގެ އުޞޫލު (އަލަށް ޑްރާފްޓް ކެރެވިފައިވާ)
- ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ގުޅޭ ގޮތުން
- އަލަށް އެޅުމަށް ހަމަޖެހިފައިވާ ޕޮލިސް އިމާރާތް ރިލޮކޭޓް ކުރުމާއި ގުޅޭގޮތުން
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
06 އޮކްޓޫބަރު 2026