ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެއިންޓަނަންސް ސުޕަވައިޒަރ

މަޤާމް :މެއިންޓަނަންސް ސުފަވައިޒަރ
ބޭނުންވާ އަދަދު :1

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

މެއިންޓަނަންސް ސްޕަވައިޒަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި އިނާޔަތްތައް

-/12,000 އާއި -/17,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ތިލަފުށި / ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

01

ޝަރުޠު

  1. މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަންގައި ބޭނުންކުރާ އުޅަނދުތަކާއި ވަސީލަތްތަކުގެ ތެރެއިން މަރާމާތު ކުރުމަށް ބޭނުންވާ އުޅަނދުތަކާއި ވަސީލަތްތައް ފާހަގަ ކުރުމާއި އެފަދަ އުޅަނދުތަކުގެ މަރާމާތުކުރުމުގެ މަސައްކަތް ހިނގާ ނުހިގާ ގޮތް ބެލުން
  2. ކޯޕަރޭޝަންގެ އުޅަނދާއި ވަސީލަތްތައް މަރާމާތު ކުރުމުގައި ގެންގުޅޭނެ އުސޫލުތައް ކަނޑައެޅުމާއި، މަސައްކަތްކުރާ ފަރާތްތަކުން އެފަދަ އުސޫލުތަކަށް ޢަމަލުކުރަމުން ގެންދޭތޯ ބެލުން
  3. މަރާމާތުކުރުމުގެ މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދިނުމާއި އެފަރާތްތަކުގެ މަސައްކަތް ހިނގާ ނުހިގާ ގޮތް ބެލުން
  4. ވޯކްޝޮޕުގައި މުވައްޒަފުން ހަރަކާތްތެރިވާގޮތް ބަލައި ކޯޕަރޭޝަންގެ މައި އޮފީހަށް ހަވާލުކުރަންޖެހޭ ރިޕޯޓުތަކާއި ލިޔެކިޔުންތައް އޮންނަ އުސޫލުތަކާއި ހަމަތަކުގެ މަތިން ފޯރުކޮށްދިނުން.
  5. ވޯކްޝޮޕުގައި ކުރާ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމާއި އެ ސަރަހައްދުގައި ހިންގާ މަސައްކަތްތައް ޚަރަދު ކުޑަ އަދި ފަސޭހަ ގޮތަކަށް ކުރެވިދާނެ ގޮތްތަކަށް ރާވައި އެގޮތްތައް ހިންގުމަށް ބޭނުންވާ މަޝްވަރާތައް ކުރުމާއި އެކަންތައްތައް ތަންފީޒުކުރުން
  6. ވޯކްޝޮޕުގައި ހިންގާ ނުވަތަ ހިނގާފާނެ ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުވެ ހުރުމާއި އަދި އެފަދަ ހާދިސާއެއް ހިންގަން މެދުވެރިވާ ފަދަ ކަންތައްތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތައް އެޅުން
  7. ޞިއްޙީ ގޮތުން ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި ކަމާ ގުޅުން ހުރި ފަރާތްތަކަށް ރިޕޯޓުކުރުން
  8. ވޯކުޝޮޕުގައި ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް، ގަވައިދުން އަޕްޓޭޑް ކުރުމާއި ރައްކާތެރިކަމާއެކު ފައިލުކުރުމާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  9. ވޯކުޝޮޕުގައި މަސައްކަތްކުރާ އެހެނިހެން މުއައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމާއި އެ މުވައްޒަފުންގެ ބޭނުންތައް ފުއްދައިދިނުން
  10. ރާއްޖޭގައި ކުނީގެ ކަންތައްތަކުގައި ޢަމަލުކުރުމަށް ތައްޔާރުކުރެވުފައިވާ އެންމެހައި ޤާނޫނުތަކަށާއި އަދި ގަވާއިދުތަކަށް ޢަމަލުކުރުމާއި ސަރަހައްދުގައި ޤާނޫނާއި ގަވާއިދާ ޚިލާފުކަމެއް ހިނގާތޯ ބަލަމުން ގެންދިއުން
  11. ކޯޕަރޭޝަންގެ މި ނޫން އެހެނިހެން މަސައްކަތްތަކުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

- ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައި އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ) ކޮޕީ،

- ޕޮލިސް ރިޕޯޓު (ނެގި ފަހުން 03 މަސްދުވަސް ހަމަނުވާ)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި:

2016 މާރިޗު 02 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މައި އޮފީސް - ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާން ކުރުން، 2016 މާރިޗު 6 – 10 އާ ދެމެދު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީސް؛ މއ.ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.

- ކޯޕަރޭޝަނުން ކުރާ އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް - ނަންބަރު 3000581 / 7584070 އަށް ގުޅުއްވުން އެދެމެވެ.

14 ޖުމާދަލްއޫލާ 1437

23 ފެބުރުވަރީ 2016
ހޯދާ