ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
|
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
މެއިންޓަނަންސް ސްޕަވައިޒަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އޮފިސަރ
|
މުސާރައާއި އިނާޔަތްތައް
|
-/12,000 އާއި -/17,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ތިލަފުށި / ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕަރޭޝަންގައި ބޭނުންކުރާ އުޅަނދުތަކާއި ވަސީލަތްތަކުގެ ތެރެއިން މަރާމާތު ކުރުމަށް ބޭނުންވާ އުޅަނދުތަކާއި ވަސީލަތްތައް ފާހަގަ ކުރުމާއި އެފަދަ އުޅަނދުތަކުގެ މަރާމާތުކުރުމުގެ މަސައްކަތް ހިނގާ ނުހިގާ ގޮތް ބެލުން
- ކޯޕަރޭޝަންގެ އުޅަނދާއި ވަސީލަތްތައް މަރާމާތު ކުރުމުގައި ގެންގުޅޭނެ އުސޫލުތައް ކަނޑައެޅުމާއި، މަސައްކަތްކުރާ ފަރާތްތަކުން އެފަދަ އުސޫލުތަކަށް ޢަމަލުކުރަމުން ގެންދޭތޯ ބެލުން
- މަރާމާތުކުރުމުގެ މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ދިނުމާއި އެފަރާތްތަކުގެ މަސައްކަތް ހިނގާ ނުހިގާ ގޮތް ބެލުން
- ވޯކްޝޮޕުގައި މުވައްޒަފުން ހަރަކާތްތެރިވާގޮތް ބަލައި ކޯޕަރޭޝަންގެ މައި އޮފީހަށް ހަވާލުކުރަންޖެހޭ ރިޕޯޓުތަކާއި ލިޔެކިޔުންތައް އޮންނަ އުސޫލުތަކާއި ހަމަތަކުގެ މަތިން ފޯރުކޮށްދިނުން.
- ވޯކްޝޮޕުގައި ކުރާ އެންމެހައި މަސައްކަތްތައް ރާވައި ހިންގުމާއި އެ ސަރަހައްދުގައި ހިންގާ މަސައްކަތްތައް ޚަރަދު ކުޑަ އަދި ފަސޭހަ ގޮތަކަށް ކުރެވިދާނެ ގޮތްތަކަށް ރާވައި އެގޮތްތައް ހިންގުމަށް ބޭނުންވާ މަޝްވަރާތައް ކުރުމާއި އެކަންތައްތައް ތަންފީޒުކުރުން
- ވޯކްޝޮޕުގައި ހިންގާ ނުވަތަ ހިނގާފާނެ ނުރައްކާތެރި ހާދިސާތަކަށް ތައްޔާރުވެ ހުރުމާއި އަދި އެފަދަ ހާދިސާއެއް ހިންގަން މެދުވެރިވާ ފަދަ ކަންތައްތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތައް އެޅުން
- ޞިއްޙީ ގޮތުން ނުރައްކާތެރި ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އަދި ކަމާ ގުޅުން ހުރި ފަރާތްތަކަށް ރިޕޯޓުކުރުން
- ވޯކުޝޮޕުގައި ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް، ގަވައިދުން އަޕްޓޭޑް ކުރުމާއި ރައްކާތެރިކަމާއެކު ފައިލުކުރުމާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
- ވޯކުޝޮޕުގައި މަސައްކަތްކުރާ އެހެނިހެން މުއައްޒަފުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމާއި އެ މުވައްޒަފުންގެ ބޭނުންތައް ފުއްދައިދިނުން
- ރާއްޖޭގައި ކުނީގެ ކަންތައްތަކުގައި ޢަމަލުކުރުމަށް ތައްޔާރުކުރެވުފައިވާ އެންމެހައި ޤާނޫނުތަކަށާއި އަދި ގަވާއިދުތަކަށް ޢަމަލުކުރުމާއި ސަރަހައްދުގައި ޤާނޫނާއި ގަވާއިދާ ޚިލާފުކަމެއް ހިނގާތޯ ބަލަމުން ގެންދިއުން
- ކޯޕަރޭޝަންގެ މި ނޫން އެހެނިހެން މަސައްކަތްތަކުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
- ކޯޕަރޭޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައި އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ) ކޮޕީ،
- ޕޮލިސް ރިޕޯޓު (ނެގި ފަހުން 03 މަސްދުވަސް ހަމަނުވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
ސުންގަޑި:
|
2016 މާރިޗު 02 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މައި އޮފީސް - ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.
|
އިންޓަރވިއު:
|
- އިންޓަރވިއުއާއި އިމްތިޙާން ކުރުން، 2016 މާރިޗު 6 – 10 އާ ދެމެދު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީސް؛ މއ.ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓް ލިސްޓު ކުރެވޭނެއެވެ.
- ކޯޕަރޭޝަނުން ކުރާ އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
|
އިތުރު މަޢުލޫމާތު:
|
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް - ނަންބަރު 3000581 / 7584070 އަށް ގުޅުއްވުން އެދެމެވެ.
|
14 ޖުމާދަލްއޫލާ 1437
|