ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް 5 ވަނަ ފުޓްސަލް މުބާރާތް 2026 ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

މި ކައުންސިލްގެ ފަރާތުން އަންހެން/ފިރިހެން 2 ޖިންސްގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތައް ހުޅުވާލައިގެން "ޔުނިޓީކަޕް 5 ވަނަ ފުޓްސަލް މުބާރާތް" ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ހއ. ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބު، ޖަމުޢިއްޔާ، ޖަމާތްތަކާއި، ރަށުގެ އަމިއްލަ ފަރާތްތަކުގެ ނަމުގައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 15 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 20:30 ގައެވެ.

         މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected]   އަށް މެއިލް ކުރައްވާ ނުވަތަ މި އިދާރާއަށް ދުރުވެ 15 އޮކްޓޯބަރ 2026  ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން ފޯމު ހުށައެޅުއްވުން އެދެމެވެ.    

         އަދި ޓީމް ލިސްޓު 25 އޮކްޓޯބަރ 2026  ވާ އާދިއްތަ ދުވަހުގެ 12:00 ގެކުރިން ދީފައިވާ ފޯމެޓާ އެއްގޮތަށް މަތީގައި ދެންނެވިފައިވާ އީ-މެއިލަށް ނުވަތަ މި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި،މުބާރާތުގެ ގަވާއިދު މި ކައުންސިލާއި މި އިދާރާގެ ވެބްސައިޓް www.baarah.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

               ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                    

                       24 ރަބީއުލްއާހިރު 1447

                       05 އޮކްޓޯބަރ 2026    

 

 

 

 

 

                                                                                                                                                                   އަލީ ޝަމީމް

 

                                                               ބާރަށު ކައުންސިލުގެ  ރައީސް

 

05 އޮކްޓޫބަރު 2026
ހޯދާ