ދިވެހިރާއްޖެ
މި ކައުންސިލްގެ ފަރާތުން އަންހެން/ފިރިހެން 2 ޖިންސްގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތައް ހުޅުވާލައިގެން "ޔުނިޓީކަޕް 5 ވަނަ ފުޓްސަލް މުބާރާތް" ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ހއ. ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބު، ޖަމުޢިއްޔާ، ޖަމާތްތަކާއި، ރަށުގެ އަމިއްލަ ފަރާތްތަކުގެ ނަމުގައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 15 ނޮވެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 20:30 ގައެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected] އަށް މެއިލް ކުރައްވާ ނުވަތަ މި އިދާރާއަށް ދުރުވެ 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން ފޯމު ހުށައެޅުއްވުން އެދެމެވެ.
އަދި ޓީމް ލިސްޓު 25 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެކުރިން ދީފައިވާ ފޯމެޓާ އެއްގޮތަށް މަތީގައި ދެންނެވިފައިވާ އީ-މެއިލަށް ނުވަތަ މި ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި،މުބާރާތުގެ ގަވާއިދު މި ކައުންސިލާއި މި އިދާރާގެ ވެބްސައިޓް www.baarah.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ރަބީއުލްއާހިރު 1447
05 އޮކްޓޯބަރ 2026
އަލީ ޝަމީމް
ބާރަށު ކައުންސިލުގެ ރައީސް