މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް މ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހާޒިރު ކުރަންޖެހޭ ވަގުތު ކަނޑައަޅައި އާއްމުކުރުން

މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު

މ.މުލި، ދިވެހިރާއްޖެ.                                                        

                                                                    ނަންބަރު: 627-A/2026/18

 

ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް މ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހާޒިރު ކުރަންޖެހޭ ވަގުތު ކަނޑައަޅައި އާއްމުކުރުން

ޤަޥާޢިދު ނަންބަރު: 2026/R-60 "މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު" ގެ 20 ވަނަ މާއްދާގެ (ހ) އާއި، ގަވާއިދު ނަންބަރު: 2021-SC-REG-01 "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާއިދު" ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، "ކުށުގެ ތުހުމުގަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރު ކުރަންޖެހޭ ވަގުތު" މ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހަމަޖެހިފައިވަނީ، ތިރީގައިމިވާ ތާވަލްގައި ބަޔާންކޮށްފައިވާ ގަޑިތަކުގައިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

#

ދުވަސް

ގަޑިތައް

1

ރަސްމީ ދުވަސްތައް

08:30 އިން 09:30 އާ ދެމެދު އަދި، 13:00 އިން 14:00 އާ ދެމެދު.

2

ހުކުރު، ހޮނިހިރު އަދި އެހެނިހެން ރަސްމީ ބަންދު ދުވަސްތައް

08:00 އިން 09:00 އާ ދެމެދު އަދި، 20:00 އިން 21:00 އާ ދެމެދު.

 

3

ރަމަޟާންމަހުގެ ރަސްމީ ދުވަސްތައް

09:30 އިން 10:30 އާ ދެމެދު އަދި، 12:45 އިން 13:45 އާ ދެމެދު

4

ރަމަޟާންމަހުގެ ބަންދު ދުވަސްތައް

11:00 އިން 12:00 އާ ދެމެދު އަދި، 16:15 އިން 17:15 އާ ދެމެދު

 

 

20 ރަބީޢުލްއާޚިރު 1448

01 އޮކްޓޫބަރ 2026

 

01 އޮކްޓޫބަރު 2026
ހޯދާ