ދިވެހިރާއްޖެ
މުލަކަތޮޅު މުލީ މެޖިސްޓްރޭޓް ކޯޓު
މ.މުލި، ދިވެހިރާއްޖެ.
ނަންބަރު: 627-A/2026/18
ކުށުގެ ތުހުމަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް މ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހާޒިރު ކުރަންޖެހޭ ވަގުތު ކަނޑައަޅައި އާއްމުކުރުން
ޤަޥާޢިދު ނަންބަރު: 2026/R-60 "މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު" ގެ 20 ވަނަ މާއްދާގެ (ހ) އާއި، ގަވާއިދު ނަންބަރު: 2021-SC-REG-01 "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ޤަވާއިދު" ގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، "ކުށުގެ ތުހުމުގަތުގައި ބަންދުކޮށްފައި ހުންނަ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޟިރު ކުރަންޖެހޭ ވަގުތު" މ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހަމަޖެހިފައިވަނީ، ތިރީގައިމިވާ ތާވަލްގައި ބަޔާންކޮށްފައިވާ ގަޑިތަކުގައިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
|
# |
ދުވަސް |
ގަޑިތައް |
|
1 |
ރަސްމީ ދުވަސްތައް |
08:30 އިން 09:30 އާ ދެމެދު އަދި، 13:00 އިން 14:00 އާ ދެމެދު. |
|
2 |
ހުކުރު، ހޮނިހިރު އަދި އެހެނިހެން ރަސްމީ ބަންދު ދުވަސްތައް |
08:00 އިން 09:00 އާ ދެމެދު އަދި، 20:00 އިން 21:00 އާ ދެމެދު.
|
|
3 |
ރަމަޟާންމަހުގެ ރަސްމީ ދުވަސްތައް |
09:30 އިން 10:30 އާ ދެމެދު އަދި، 12:45 އިން 13:45 އާ ދެމެދު |
|
4 |
ރަމަޟާންމަހުގެ ބަންދު ދުވަސްތައް |
11:00 އިން 12:00 އާ ދެމެދު އަދި، 16:15 އިން 17:15 އާ ދެމެދު |
20 ރަބީޢުލްއާޚިރު 1448
01 އޮކްޓޫބަރ 2026