ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންބޭނުންވެއްޖެ

FSM-ADV/2026/202

 

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

މެނޭޖަރ، އިންޖިނިއަރިންގ

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-     ޑިޕާޓްމަންޓުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އޮޕަރޭޝަނަލް މަސައްކަތްތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން.

-     އެހެނިހެން ޑިޕާޓްމަންޓްތަކާއި ގުޅިގެން ޑިޕާޓްމަންޓްގެ މަސައްކަތަށް ބޭނުންވާ ތަކެތި ހަމަޖެހިފައިވާ އުސޫލުން ހޯދުން.

-     ބައްދަލުވުންތައް ރާވައި އިންތިޒާމުކުރުމާއި، އެޖެންޑާ އެކުލަވާލުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އިތުރުން، ބައްދަލުވުންތަކުން ނިންމާ ނިންމުންތައް ތަންފީޒުވަމުންދާ މިންވަރު މޮނިޓަރކުރުން.

-     މަހުން މަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތަކާއި، އަދި މެނޭޖްމަންޓާއި ބޯޑަށް ހުށައަޅަންޖެހޭ ރިޕޯޓުތަކާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.

-     ޑިޕާޓްމަންޓްގެ މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް، އެންމެ އެދެވޭ ފެންވަރުގައި ނިންމުމަށްޓަކައި އެ މަސައްކަތްތައް ގާތުން ބެލެހެއްޓުން.

ޝަރުތުތައް:

-         ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން.

-         މެނޭޖީރިއަލް މަގާމެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހު މުސާރަ:

29،000ރ އާއި 32،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް، އިންޖިނިއަރިންގ ޑިޕާރޓްމަންޓް

 

Bottom of Form

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން06  އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް،fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

01 އޮކްޓޫބަރ 2026

01 އޮކްޓޫބަރު 2026
ހޯދާ