ދިވެހިރާއްޖެ
FSM-ADV/2026/202
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
|
މަޤާމް: |
މެނޭޖަރ، އިންޖިނިއަރިންގ |
|
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ |
|
ބޭނުންވާ ޢަދަދު: |
01 |
|
މަސްޢޫލިއްޔަތު: |
- ޑިޕާޓްމަންޓުގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އޮޕަރޭޝަނަލް މަސައްކަތްތަކުގެ އިދާރީ ކަންކަން ބެލެހެއްޓުން. - އެހެނިހެން ޑިޕާޓްމަންޓްތަކާއި ގުޅިގެން ޑިޕާޓްމަންޓްގެ މަސައްކަތަށް ބޭނުންވާ ތަކެތި ހަމަޖެހިފައިވާ އުސޫލުން ހޯދުން. - ބައްދަލުވުންތައް ރާވައި އިންތިޒާމުކުރުމާއި، އެޖެންޑާ އެކުލަވާލުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އިތުރުން، ބައްދަލުވުންތަކުން ނިންމާ ނިންމުންތައް ތަންފީޒުވަމުންދާ މިންވަރު މޮނިޓަރކުރުން. - މަހުން މަހަށް ތައްޔާރުކުރަންޖެހޭ ރިޕޯޓުތަކާއި، އަދި މެނޭޖްމަންޓާއި ބޯޑަށް ހުށައަޅަންޖެހޭ ރިޕޯޓުތަކާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން. - ޑިޕާޓްމަންޓްގެ މަސައްކަތްތައް ކަނޑައެޅިފައިވާ ވަގުތަށް، އެންމެ އެދެވޭ ފެންވަރުގައި ނިންމުމަށްޓަކައި އެ މަސައްކަތްތައް ގާތުން ބެލެހެއްޓުން. |
|
ޝަރުތުތައް: |
- ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން. - މެނޭޖީރިއަލް މަގާމެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
|
މަހު މުސާރަ: |
29،000ރ އާއި 32،000ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް، އިންޖިނިއަރިންގ ޑިޕާރޓްމަންޓް |
Bottom of Form
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން06 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް،fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
01 އޮކްޓޫބަރ 2026