ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2026-74
މަޤާމް: އޮފިސަރ
ވަޒީފާގެ ބާވަތް: ވަގުތީ (1 އަހަރު)
ސެކްޝަން: ހިއުމަން ކެޕިޓަލް މެނޭޖްމަންޓް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަސައްކަތު ގަޑި: 8:00 އިން 16:00
މަޤާމުގެ ޝަރުތު:
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަސައްކަތާގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 3 މާއްދާއިން "ސީ" ފާސް ހާސިލުކޮށްފައިވުމާއިއެކު، މަސައްކަތާގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- ހިއުމަން ރިސޯސަސްގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް އަދި ހިއުމަން ރިސޯސަސްގެ ދާއިރާއިން ވަޒީފާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އެޗްއާރް ޕޮލިސީތަކާއި، ޕްރޮސީޖަރތަކާއި، ގައިޑްލައިންތަކާއި، އެސްއޯޕީތައް އެކުލަވާލައި، މުރާޖަޢާކޮށް، އަޕްޑޭޓްކުރުން.
- މިހާރު ހުރި އެޗްއާރް ޕޮލިސީތަކާއި، ޕްރޮސީޖަރތަކާއި، ޕްރެކްޓިސްތަކުގައި ހުރި ތަފާތުތަކާއި ރަނގަޅުކުރަންޖެހޭ ދާއިރާތައް ދެނެގަތުމަށް އެހީތެރިވުން.
- ޕްރެޒެންޓޭޝަން، ބްރީފިންގ ނޯޓް، ސްޓާފް ކޮމިއުނިކޭޝަންސް، އެފްއޭކިއު، އަދި އާ ނުވަތަ އިސްލާހުކޮށްފައިވާ އެޗްއާރް ޕޮލިސީތަކާ ގުޅޭ ލިޔެކިއުންތައް ތައްޔާރުކުރުން.
- ފީޑްބެކް ހިމަނައި ޕޮލިސީ އަދި އެސްއޯޕީ ލިޔެކިޔުންތައް ރިވިއުކޮށް ފާސްކުރުމަށް ކަމާބެހޭ މެނޭޖްމަންޓް/ކޮމިޓީ/ބޯޑަށް ހުށަހެޅުމަށް ފައިނަލްކުރުން.
- މެނޭޖްމަންޓާއި، ކޮމިޓީތަކާއި، ބޯޑަށް ބޭނުންވާ ޕޮލިސީ ޕްރޮޕޯސަލްތަކާއި، ޕްރެޒެންޓޭޝަންތަކާއި، ބްރީފިންގ ނޯޓްތަކާއި، ސަޕޯޓިންގ ޑޮކިއުމަންޓްތައް ތައްޔާރުކުރުން.
- މުވައްޒަފުންނަށް ފާސްކޮށްފައިވާ ޕޮލިސީތައް ހުށަހެޅުމާއި ފޯރުކޮށްދިނުމުގައި އެޗްއާރު ހެޑް/އެޗްއާރު އެގްޒެކެޓިވްއަށް އެހީތެރިވުން، އޭގެ ތެރޭގައި ހޭލުންތެރިކުރުމާއި މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި އެހީތެރިވުން ހިމެނެއެވެ.
- އެޗްއާރް ޕޮލިސީތަކާއި އެސްއޯޕީތަކަށް އެކަށީގެންވާ ލިޔެކިޔުންތަކާއި، ވަރޝަން ކޮންޓްރޯލްކުރުމާއި، އެޕްރޫވަލް ރެކޯޑްތަކާއި، ރިވިއު ޝެޑިއުލްތައް ބެލެހެއްޓުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.
މުސާރައާއި އިނާޔަތް:
- -/13،200.00 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.
ކުރިމަތިލުމުގެ ސުންގަޑި: 08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
