ވަޒީފާގެ ފުރުޞަތު
ނަންބަރު: ASND-HCM-IUL-2026-74
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2026
ޕަބްލިޝްކުރި ގަޑި: 17:29
ސުންގަޑި: 08 އޮކްޓޫބަރު 2026 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ - ހިއުމަން ކެޕިޓަލް މެނޭޖްމަންޓް

އިޢުލާން ނަންބަރު: ASND-HCM-IUL-2026-74

މަޤާމް: އޮފިސަރ

ވަޒީފާގެ ބާވަތް: ވަގުތީ (1 އަހަރު)

ސެކްޝަން: ހިއުމަން ކެޕިޓަލް މެނޭޖްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ

މަސައްކަތު ގަޑި: 8:00 އިން 16:00

  

މަޤާމުގެ ޝަރުތު:

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަސައްކަތާގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 3 މާއްދާއިން "ސީ" ފާސް ހާސިލުކޮށްފައިވުމާއިއެކު، މަސައްކަތާގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ހިއުމަން ރިސޯސަސްގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ ފަރާތްތަކަށް އަދި ހިއުމަން ރިސޯސަސްގެ ދާއިރާއިން ވަޒީފާގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. އެޗްއާރް ޕޮލިސީތަކާއި، ޕްރޮސީޖަރތަކާއި، ގައިޑްލައިންތަކާއި، އެސްއޯޕީތައް އެކުލަވާލައި، މުރާޖަޢާކޮށް، އަޕްޑޭޓްކުރުން.
  2. މިހާރު ހުރި އެޗްއާރް ޕޮލިސީތަކާއި، ޕްރޮސީޖަރތަކާއި، ޕްރެކްޓިސްތަކުގައި ހުރި ތަފާތުތަކާއި ރަނގަޅުކުރަންޖެހޭ ދާއިރާތައް ދެނެގަތުމަށް އެހީތެރިވުން.
  3. ޕްރެޒެންޓޭޝަން، ބްރީފިންގ ނޯޓް، ސްޓާފް ކޮމިއުނިކޭޝަންސް، އެފްއޭކިއު، އަދި އާ ނުވަތަ އިސްލާހުކޮށްފައިވާ އެޗްއާރް ޕޮލިސީތަކާ ގުޅޭ ލިޔެކިއުންތައް ތައްޔާރުކުރުން.
  4. ފީޑްބެކް ހިމަނައި ޕޮލިސީ އަދި އެސްއޯޕީ ލިޔެކިޔުންތައް ރިވިއުކޮށް ފާސްކުރުމަށް ކަމާބެހޭ މެނޭޖްމަންޓް/ކޮމިޓީ/ބޯޑަށް ހުށަހެޅުމަށް ފައިނަލްކުރުން.
  5. މެނޭޖްމަންޓާއި، ކޮމިޓީތަކާއި، ބޯޑަށް ބޭނުންވާ ޕޮލިސީ ޕްރޮޕޯސަލްތަކާއި، ޕްރެޒެންޓޭޝަންތަކާއި، ބްރީފިންގ ނޯޓްތަކާއި، ސަޕޯޓިންގ ޑޮކިއުމަންޓްތައް ތައްޔާރުކުރުން.
  6. މުވައްޒަފުންނަށް ފާސްކޮށްފައިވާ ޕޮލިސީތައް ހުށަހެޅުމާއި ފޯރުކޮށްދިނުމުގައި އެޗްއާރު ހެޑް/އެޗްއާރު އެގްޒެކެޓިވްއަށް އެހީތެރިވުން، އޭގެ ތެރޭގައި ހޭލުންތެރިކުރުމާއި މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި އެހީތެރިވުން ހިމެނެއެވެ.
  7. އެޗްއާރް ޕޮލިސީތަކާއި އެސްއޯޕީތަކަށް އެކަށީގެންވާ ލިޔެކިޔުންތަކާއި، ވަރޝަން ކޮންޓްރޯލްކުރުމާއި، އެޕްރޫވަލް ރެކޯޑްތަކާއި، ރިވިއު ޝެޑިއުލްތައް ބެލެހެއްޓުން.

 

އެހެނިހެން ހުނަރު:

  1. މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
  3. ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

 

މުސާރައާއި އިނާޔަތް:

- -/13،200.00 ރުފިޔާ

- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/50 ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.

 

ކުރިމަތިލުމުގެ ސުންގަޑި: 08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން.

 

މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި: 

  1. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ. 
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  3. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.) 
  4. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން) 

    

ޚާއްޞަ ސަމާލުކަމަށް:  

  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ ކުންފުންޔަށް ލިބިގެންވެއެވެ.  
  • މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.  

 

އިތުރު މަޢުލޫމާތު:  

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.  

01 އޮކްޓޫބަރު 2026