ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)
ނަމްބަރ (5)394/2026/21 :
ނިންމުން ނިންމި ޖަލްސާ
ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 24 ވަނަ އާއްމު ޖަލްސާ (2026/33)
ޖަލްސާ ބޭއްވި ތާރީޚް: 29 ސެޕްޓެމްބަރ 2026
ޖަލްސާ ބޭއްވި ގަޑި: 11:00 އިން 11:30 އަށް
ކައުންސިލްގެ ނިންމުން
1. މައްސަލައިގެ ޚުލާޞާ:
- ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނަމްބަރު 141-PSIP/394/2026/2 (23 ސެޕްޓެމްބަރ 2026) ސިޓީ އާއި ގުޅިގެން އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމަށް 71*100 ފޫޓުގެ ބިމެއް ކަނޑައެޅުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:
- ކޮމެޓީމަރުހަލާގައި މަޝްވަރާކުރެވުނުގޮތަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނަންބަރު 141-PSIP/394/2026/2 (23 ސެޕްޓެންބަރު 2026) ސިޓީއާ ގުޅިގެން، އައުޓްޑޯ ވޮލީކޯޓެއް ތަރައްޤީކުރުމަށްޓަކައި، ބަށިކޯޓާ އިންވެގެން ދެކުނު ފަރާތުން 7,100 އަކަފޫޓުގެ ބިމެއް ދޫކުރުމަށް ރިޔާސަތުން ނިންމެވިއެވެ.
- ކޮމެޓީ މަރުޙަލާގައި މަޝްވަރާކުރެވި ނިންމުނުގޮތް: ބަށިކޯޓާއި އިންވެގެން ދެކުނަށް އޮތް ބިމުން 7100 އަކަފޫޓްގެ ބިމެއް ދިނުމަށް.
- ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 2، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 2، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 2
