ޢާންމު މަޢުލޫމާތު
ނަންބަރު: (5)394/2026/21
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:12
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރުގެ 24 ވަނަ ޖަލްސާ)

ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)

 

ނަމްބަރ (5)394/2026/21 :

ނިންމުން ނިންމި ޖަލްސާ

ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 24 ވަނަ އާއްމު ޖަލްސާ (2026/33)

ޖަލްސާ ބޭއްވި ތާރީޚް: 29 ސެޕްޓެމްބަރ 2026

ޖަލްސާ ބޭއްވި ގަޑި: 11:00 އިން 11:30 އަށް

ކައުންސިލްގެ ނިންމުން

1. މައްސަލައިގެ ޚުލާޞާ:

-  ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނަމްބަރު 141-PSIP/394/2026/2 (23 ސެޕްޓެމްބަރ 2026) ސިޓީ އާއި ގުޅިގެން އައުޓްޑޯ ވޮލީކޯޓް ތަރައްޤީކުރުމަށް 71*100 ފޫޓުގެ ބިމެއް ކަނޑައެޅުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

 

މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:

-          ކޮމެޓީމަރުހަލާގައި މަޝްވަރާކުރެވުނުގޮތަށް ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނަންބަރު 141-PSIP/394/2026/2 (23 ސެޕްޓެންބަރު 2026) ސިޓީއާ ގުޅިގެން، އައުޓްޑޯ ވޮލީކޯޓެއް ތަރައްޤީކުރުމަށްޓަކައި، ބަށިކޯޓާ އިންވެގެން ދެކުނު ފަރާތުން 7,100 އަކަފޫޓުގެ ބިމެއް ދޫކުރުމަށް ރިޔާސަތުން ނިންމެވިއެވެ.

-          ކޮމެޓީ މަރުޙަލާގައި މަޝްވަރާކުރެވި ނިންމުނުގޮތް: ބަށިކޯޓާއި އިންވެގެން ދެކުނަށް އޮތް ބިމުން 7100 އަކަފޫޓްގެ ބިމެއް ދިނުމަށް.

-          ވޯޓުދިން ގޮތުގެ ތަފްޞީލް:

-          ކައުންސިލް މެމްބަރުންގެ ޢަދަދު 3،  ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 2،  ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 2، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 2

30 ސެޕްޓެންބަރު 2026