ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމު: |
މަސައްކަތު ( ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުން) |
ސެކްޝަން: ވަޒީފާ އަދާކުރަންޖެހޭ ތަން: |
މުނިސިޕަލް (ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ) ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ |
މުސާރަ: |
-/3500 ރުފިޔާ |
ސަރވިސް އެލަވަންސް: ބޭނުންވާ އަދަދު: |
-/1000 ރުފިޔާ 04 (ހަތަރެއް) |
މަޤާމުގެ ޝަރުޠުތައް: |
1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1- ފުނާޑު އަވަށުގައި އިޖުތިމާޢީ ސަރަޙައްދުތަކާއި ގަބުރުސްތާން ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން 2- ފުނާޑު އަވަށުގެ ތަރައްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން. 3- މައްޔިތުން ވަޅުލުމުގައި އެހީތެރިވެދިނުން |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު: |
މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުކުރުން. މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެތެރޭގައި ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނީ 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:30 ގެ ކުރިން ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާއަށެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުވައްމުލަކު ފުނާޑު ކައުންސިލް އިދާރާއިން އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ.) 2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 3- މަޤާމަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. 4- މަޤާމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. 5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން. |
މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް: |
1- ތަޢުލީމާއި ތަމްރީނު. 2- މަސައްކަތުގެ ތަޖުރިބާ. 3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލު ސިފަތައް. |
އިތުރު މަޢުލޫމާތު: | މަޤާމަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. މިލިޔުންތައް އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ހަވާލުކުރެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6860606 ނަންބަރު ފޯނާއެވެ.
02 ޖުމާދަލްއޫލާ 1437