ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)443-CO/443/2016/8
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 20:03
ސުންގަޑި: 21 ފެބުރުވަރީ 2016 13:30
ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު    

މަޤާމު:

މަސައްކަތު ( ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރުން)

ސެކްޝަން:

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުނިސިޕަލް (ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ)

ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ

މުސާރަ:

-/3500 ރުފިޔާ

ސަރވިސް އެލަވަންސް:

ބޭނުންވާ އަދަދު:

-/1000 ރުފިޔާ

04 (ހަތަރެއް)

މަޤާމުގެ ޝަރުޠުތައް:

1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- ފުނާޑު އަވަށުގައި އިޖުތިމާޢީ ސަރަޙައްދުތަކާއި ގަބުރުސްތާން ފަދަ ތަންތަން ސާފުކޮށް ބެލެހެއްޓުން

2- ފުނާޑު އަވަށުގެ ތަރައްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

3- މައްޔިތުން ވަޅުލުމުގައި އެހީތެރިވެދިނުން

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުކުރުން. މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެތެރޭގައި ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނީ 21 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 13:30 ގެ ކުރިން ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުވައްމުލަކު ފުނާޑު ކައުންސިލް އިދާރާއިން އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- މަޤާމަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

4- މަޤާމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން.

މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް:

1- ތަޢުލީމާއި ތަމްރީނު.

2- މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލު ސިފަތައް.

އިތުރު މަޢުލޫމާތު:  މަޤާމަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ގެންނަވަންވާނެއެވެ. މިލިޔުންތައް އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ހަވާލުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6860606 ނަންބަރު ފޯނާއެވެ.

02 ޖުމާދަލްއޫލާ 1437

11 ފެބުރުވަރީ 2016