|
Commonwealth Scholarships in the United Kingdom 2027-2028
|
|
ޤައުމު: ޔޫ.ކޭ
|
3 މާސްޓަރސް ޑިގްރީ
|
ކޯހުގެ ލެވެލް އަދި ޢަދަދު:
|
|
ކޯހުގެ ދާއިރާތަކުގެ މަޢުލޫމާތު ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ.
https://cscuk.fcdo.gov.uk/scholarships/commonwealth-masters-scholarships/
|
ކޯހުގެ ދާއިރާ:
|
|
މާސްޓަރސް ޑިގްރީގެ ޝަރުތު:
- ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން.
- ކޮމަންވެލްތް ސްކޮލަރޝިޕް ކޮމިޝަން (ސީ.އެސް.ސީ) ގެ ވެބްސައިޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:
- މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.
- އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.
|
ކޯހުގެ ޝަރުތު:
|
|
ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
- މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑާޓާ ޕޭޖްގެ ކޮޕީ.
- ކިޔަވަން އެދޭ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ހޯދާފައިވާ ސަނަދެއްނަމަ، އެހުރިހާ ކޯހެއްގެ ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)
- ސީ.އެސް.ސީގެ އިލެކްޓްރޯނިކް އެޕްލިކޭޝަން ފޯމް.
- 2 ރެފަރެންސް ލެޓާ ( ލެޓަރ ހެޑް އަދި ސޮއި ހިމެނޭހެން)
- މިއިޢުލާނުގައިވާ ބަޔާންކޮށްފައިވާ ކޮމަންވެލްތް ސްކޮލަރޝިޕް ކޮމިޝަން (ސީ.އެސް.ސީ) ގެ ވެބްސައިޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.
- މިހާރު ހާޞިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާޞިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް
- ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
- މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.
|
ހުށަހަޅަންޖެހޭ ތަކެތި:
|
- މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކް އިންނާއި އީ.މެއިލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
- ލިންކް: https://cscuk.fcdo.gov.uk/advicetoapplicants
- އީ.މެއިލް: [email protected]
- މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ނޮމިނޭޓްކުރުމުގައި 1 އަންހެން އަދި 1 ފިރިހެން ކެނޑިޑޭޓެއް ނޮމިނޭޓް ކުރުމަށް އިސްކަންދެވޭނެއެވެ. އެގޮތަށް ނޮމިނޭޓްކުރުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަށެވެ. މެރިޓް ޕޮއިންޓުން އެއްވަރުވެއްޖެނަމަ، ދެން އިސްކަންދެވޭނީ އެންމެ މަތީ ސެޓްފިކެޓް ހާޞިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ.
- މި މިނިސްޓްރީއަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން 3 ކެންޑިޑޭޓުން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭނެއެވެ. އަދި އެކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުންނެވެ.
- މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ސީ.އެސް.ސީގެ އިލެކްޓްރޯނިކް އެޕްލިކޭޝަން އަދި މި މިނިސްޓްރީގެ "ކުރި ޕޯޓަލް" މެދުވެރިކޮށް ދެގޮތަށް އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
- މި މިނިސްޓްރީއިން ނޮމިނޭޝަން ހަދާނީ ސީ.އެސް.ސީގެ އިލެކްޓްރޯނިކް އެޕްލިކޭޝަން މެދުވެރިކޮންނާއި މި މިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ދެގޮތަށް އެޕްލިކޭޝަން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ބަލައިގެންނެވެ.
- ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތެއް ނަމަ ލޯން އެގްރިމެންޓްގައި ސޮއިކޮށްފައި ނުވާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
- އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.
- މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.
- ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ސްކޭން ކޮޕީއެއް ޕްރޮފައިލްގައި ހިމަނަން (އެޓޭޗްކުރަން) ވާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
|
ސުންގަޑި: 08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން
|
|
އެޕްލިކޭޝަން ހުށަހަޅާނީ : މި މިނިސްޓްރީގެ ޕޯޓަލް https://kuri.egov.mv މެދުވެރިކޮށެވެ.
|
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އީމެއިން ކުރާނީ [email protected] އަށެވެ.
|