ތަމްރީނު
ނަންބަރު: (IUL)22-HE/22/2026/232
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 08 އޮކްޓޫބަރު 2026 13:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Commonwealth Scholarships in the United Kingdom 2027-2028

Commonwealth Scholarships in the United Kingdom 2027-2028

ޤައުމު: ޔޫ.ކޭ

3 މާސްޓަރސް ޑިގްރީ  

ކޯހުގެ ލެވެލް އަދި ޢަދަދު:

ކޯހުގެ ދާއިރާތަކުގެ މަޢުލޫމާތު ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ.

https://cscuk.fcdo.gov.uk/scholarships/commonwealth-masters-scholarships/

ކޯހުގެ ދާއިރާ:

މާސްޓަރސް ޑިގްރީގެ ޝަރުތު:

  1. ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން.
  2. ކޮމަންވެލްތް ސްކޮލަރޝިޕް ކޮމިޝަން (ސީ.އެސް.ސީ) ގެ ވެބްސައިޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

  1. މި މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.
  2. އެދޭ ކޯހަކީ މިހާރު ހާސިލްކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅުއްވަން ޖެހޭތަކެތި

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.
  4. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑާޓާ ޕޭޖްގެ ކޮޕީ.
  5. ކިޔަވަން އެދޭ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ހޯދާފައިވާ ސަނަދެއްނަމަ، އެހުރިހާ ކޯހެއްގެ ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)
  6. ސީ.އެސް.ސީގެ އިލެކްޓްރޯނިކް އެޕްލިކޭޝަން ފޯމް.
  7. 2 ރެފަރެންސް ލެޓާ ( ލެޓަރ ހެޑް އަދި ސޮއި ހިމެނޭހެން)
  8. މިއިޢުލާނުގައިވާ ބަޔާންކޮށްފައިވާ ކޮމަންވެލްތް ސްކޮލަރޝިޕް ކޮމިޝަން (ސީ.އެސް.ސީ) ގެ ވެބްސައިޓްގައި  އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.
  9. މިހާރު ހާޞިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާޞިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް
  10. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  11.  މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

  • މި ސްކޮލަރޝިޕްއާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކް އިންނާއި އީ.މެއިލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.
  • ލިންކް:  https://cscuk.fcdo.gov.uk/advicetoapplicants
  • އީ.މެއިލް:  [email protected]
  • މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ނޮމިނޭޓްކުރުމުގައި 1 އަންހެން އަދި 1 ފިރިހެން ކެނޑިޑޭޓެއް ނޮމިނޭޓް ކުރުމަށް އިސްކަންދެވޭނެއެވެ. އެގޮތަށް ނޮމިނޭޓްކުރުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަށެވެ. މެރިޓް ޕޮއިންޓުން އެއްވަރުވެއްޖެނަމަ، ދެން އިސްކަންދެވޭނީ އެންމެ މަތީ ސެޓްފިކެޓް ހާޞިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ.
  • މި މިނިސްޓްރީއަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން 3 ކެންޑިޑޭޓުން މިސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭނެއެވެ. އަދި އެކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުންނެވެ.
  • މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ސީ.އެސް.ސީގެ އިލެކްޓްރޯނިކް އެޕްލިކޭޝަން އަދި މި މިނިސްޓްރީގެ "ކުރި ޕޯޓަލް" މެދުވެރިކޮށް ދެގޮތަށް އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.
  • މި މިނިސްޓްރީއިން ނޮމިނޭޝަން ހަދާނީ ސީ.އެސް.ސީގެ އިލެކްޓްރޯނިކް އެޕްލިކޭޝަން މެދުވެރިކޮންނާއި މި މިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ދެގޮތަށް އެޕްލިކޭޝަން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކަށް ބަލައިގެންނެވެ.
  • ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ފަރާތެއް ނަމަ ލޯން އެގްރިމެންޓްގައި ސޮއިކޮށްފައި ނުވާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
  • އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.
  • މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.
  • ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ޕޯޓަލް މެދުވެރިކޮށް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ސްކޭން ކޮޕީއެއް ޕްރޮފައިލްގައި ހިމަނަން (އެޓޭޗްކުރަން) ވާނެއެވެ.

އިތުރު މަޢުލޫމާތު:

ސުންގަޑި: 08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅާނީ : މި މިނިސްޓްރީގެ ޕޯޓަލް    https://kuri.egov.mv މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އީމެއިން ކުރާނީ  [email protected] އަށެވެ.

17 ސެޕްޓެންބަރު 2026