ދިވެހިރާއްޖެ
މި އިއުލާނާއެކު ހިމަނާފައި މިވަނީ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ނަންބަރު P/CIR/2020/50-13 (09 ޑިސެމްބަރ 2020) ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހައްދުންމަތީ ކަލައިދޫ މުލުގަނޑުކޮޅު ޕިކުނިކް އޭރިއާ 2 އަހަރު ދުވަހަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި ކައުންސިލްގެ ނަންބަރ: (IUL)456-ESMSC/456/2026/31 (23 އޮގަސްޓް 2026) އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހިޝާމް ޢަލީ، ފޯލައިޓް/ ލ.ކަލައިދޫ އާއި މި މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ 2026 ވަނަ އަހަރުގެ ނަންބަރު: (03) (14-09-2026) ބިޑް ކޮމެޓީ ޖަލްސާއިން ވަނީ ނިންމާފައެވެ. މި އިއުލާނާއި އެކު ބިޑް އެވޯޑް ޝީޓް އާއްމުކުރީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާނުކުރީމެވެ.
