ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)456-ESMSC/456/2026/36
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 09:54
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ކަލައިދޫ މުލުގަނޑުކޮޅު ޕިކުނިކް އޭރިއާ 2 އަހަރު ދުވަހަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން ބީލަން ކާމިޔާބުކުރި ފަރާތުގެ މައުލޫމާތު އާންމުކުރުން.

މި އިއުލާނާއެކު ހިމަނާފައި މިވަނީ، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10.47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާއި ބެހޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްއިން ނެރުއްވާފައިވާ ނަންބަރު P/CIR/2020/50-13 (09 ޑިސެމްބަރ 2020) ސާކިއުލަރގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހައްދުންމަތީ ކަލައިދޫ މުލުގަނޑުކޮޅު ޕިކުނިކް އޭރިއާ 2 އަހަރު ދުވަހަށް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް  ކުރި  މި ކައުންސިލްގެ ނަންބަރ: (IUL)456-ESMSC/456/2026/31 (23 އޮގަސްޓް 2026)  އިޢުލާނާއި ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހިޝާމް ޢަލީ، ފޯލައިޓް/ ލ.ކަލައިދޫ އާއި މި މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މި ކައުންސިލްގެ 2026 ވަނަ އަހަރުގެ  ނަންބަރު: (03) (14-09-2026) ބިޑް ކޮމެޓީ ޖަލްސާއިން ވަނީ ނިންމާފައެވެ. މި އިއުލާނާއި އެކު ބިޑް އެވޯޑް ޝީޓް އާއްމުކުރީމެވެ.

                 ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާނުކުރީމެވެ. 

17 ސެޕްޓެންބަރު 2026