މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

                ކައުންސިލްގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކައުންސިލުން އެކުލަވާލާފައިވާ އެކިއެކި އުސޫލަށް ރައްޔިތުންގެ ޙިޔާލާ މަޝްވަރާ ހޯދުމަށް ބޭއްވޭ ބައްދަލުވުމެއް  18 ސެޕްޓެމްބަރ 2026 ވާ ހުކުރު ދުވަހުގެރޭ 20:45 ގައި ޕްރީސްކޫލްގައި އޮންނާނެއެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވޭ އުސޫލުތައް

1-      ބ.ދޮންފަނު ބަނދަރު ބެލެހެއްޓުމާބެހޭ އުސޫލު

2-      ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އުޞޫލު

3-      ބ.ދޮންފަނުގެ މަގާއި ގޯޅިތަކާއި، އިޖުތިމާޢީ ސަރަޙައްދުތަކާއި، ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ގަސްއިންދުމާއި، ޖޯލިފަތި ފަދަ ތަކެތި ބެހެއްޓުމާ މަގުތައް ބެލެހެއްޓުމާއި ގުޅޭ އުސޫލު

4-      ދޮންފަނު ޕްލޭނިންގ ގަވާއިދު

                   މިބައްދަލުވުމަށް  ވަޑައިގެންދެއްވުން އެދި މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

                   މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ސެޕްޓެންބަރު 2026
ހޯދާ