ދިވެހިރާއްޖެ
ކައުންސިލްގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކައުންސިލުން އެކުލަވާލާފައިވާ އެކިއެކި އުސޫލަށް ރައްޔިތުންގެ ޙިޔާލާ މަޝްވަރާ ހޯދުމަށް ބޭއްވޭ ބައްދަލުވުމެއް 18 ސެޕްޓެމްބަރ 2026 ވާ ހުކުރު ދުވަހުގެރޭ 20:45 ގައި ޕްރީސްކޫލްގައި އޮންނާނެއެވެ.
ބައްދަލުވުމުގައި މަޝްވަރާކުރެވޭ އުސޫލުތައް
1- ބ.ދޮންފަނު ބަނދަރު ބެލެހެއްޓުމާބެހޭ އުސޫލު
2- ކުނި އުކާލުމާއި ކުނި ނައްތާލުމާ ބެހޭ އުޞޫލު
3- ބ.ދޮންފަނުގެ މަގާއި ގޯޅިތަކާއި، އިޖުތިމާޢީ ސަރަޙައްދުތަކާއި، ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ގަސްއިންދުމާއި، ޖޯލިފަތި ފަދަ ތަކެތި ބެހެއްޓުމާ މަގުތައް ބެލެހެއްޓުމާއި ގުޅޭ އުސޫލު
4- ދޮންފަނު ޕްލޭނިންގ ގަވާއިދު
މިބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.