ދިވެހިރާއްޖެ
ކުންފުނި / ޕާޓްނަރޝިޕް / ކޯޕަރޭޓިވް ސޮސައިޓީ / އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ބެހޭ ދަފްތަރެއް މި އިދާރާގައި ޤާއިމް ކުރުމަށް ބޭނުންވާތީ ، އެފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ. އެގޮތުން މިކައުންސިލުން އާންމުކޮށް ހުޅުވާނުލާ ޕްރޮކިޔުމަންޓް މަސައްކަތްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ރަޖިސްޓްރީ ލިންކް: https://forms.gle/Yox5SJritu8XbfeX8
ދަފްތަރުގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތައް: ރަޖިސްޓްރޭޝަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/08) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.
- ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
- ޕާޓްނާރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނާރޝިޕްތައް.
- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
ވީމާ ގައްދޫ ކައުންސިލް އިދާރާގެ ވިޔަފާރަވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން 04 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިއުލާނުގައިވާ ގޫގުލް ފޯމް ލިންކުން ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިއުލާން ކުރީމެވެ.
