ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)419-CAA/419/2026/83
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި: 04 އޮކްޓޫބަރު 2026 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

ކުންފުނި / ޕާޓްނަރޝިޕް /  ކޯޕަރޭޓިވް ސޮސައިޓީ / އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ބެހޭ ދަފްތަރެއް މި އިދާރާގައި ޤާއިމް ކުރުމަށް ބޭނުންވާތީ ، އެފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ. އެގޮތުން މިކައުންސިލުން  އާންމުކޮށް ހުޅުވާނުލާ ޕްރޮކިޔުމަންޓް މަސައްކަތްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/Yox5SJritu8XbfeX8

ދަފްތަރުގައި ރަޖިސްޓްރީ ވެވޭނެ ފަރާތްތައް: ރަޖިސްޓްރޭޝަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު   (ޤާނޫނު ނަންބަރ: 2014/08) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކަށެވެ.

  1. ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް.
  2. ޕާޓްނާރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނާރޝިޕްތައް.
  3. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
  4. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

 

ވީމާ ގައްދޫ ކައުންސިލް އިދާރާގެ ވިޔަފާރަވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން  04 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިއުލާނުގައިވާ ގޫގުލް ފޯމް ލިންކުން ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިއުލާން ކުރީމެވެ.

15 ސެޕްޓެންބަރު 2026