އާއްމު ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރުން
ބ. މާޅޮހުން ޢާންމު ވިޔަފާރިއަށް 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ 13:00 ކުރިން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.
ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެއެވެ.
|
އެކައުންޓް ނަންބަރ:
|
7719700421001
|
|
އެކައުންޓްގެ ނަން:
|
1361 Revenue 1
|
|
ބިޑް ޑޮކިއުމަންޓް އަގު:
|
500.00 (ފައްސަތޭކަ ރުފިޔާ) ރުފިޔާ
|
|
ވައިބަރ ނަންބަރ:
|
9896020
|
|
ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން
|
- މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 ސެޕްޓެމްބަރ 16 ވާ ބުދަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ.
|
|
މައުލޫމާތު
|
- މަސައްކަތުގެ މަޢުލޫމާތު ޝީޓު މިއިޢުލާނާއި އެކު އެއްހީރަސް ކުރެވިފައިވާނެއެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 16 ވާ ބުދަދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ.
|
|
އަގު ހުށަހެޅުން
|
- ބީލަން ހުށަހެޅުން އޮންނާނީ 2026 ސެޕްޓެމްބަރ 20 ވާ އާދިއްތަދުވަހު 11:00ގައި ބ.މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- ބީލަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
- އީމެއިލް ޒަރިއްޔާ އިން ހުށަހަޅާ ބީލަންތައް ހުންނަންވާނީ ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިއެވެ.ސުންގަޑީގެ ކުރިން އީމެއިލް ޒަރިއްޔާއިން ބީލަމާއި އެކު ޕާސްވޯޑް މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް؛([email protected]) އަށް މެއިލް ކުރައްވަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.
|
|
މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު
|
- މަސައްކަތައް ހުށަހަޅާ އަގު % 100
|
|
އިތުރު މައުލޫމާތު
|
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.
|