ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)319/319/2026/46
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި: 20 ސެޕްޓެންބަރު 2026 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާއްމު ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރުން

އާއްމު ވިޔަފާރިއަށް ބިން ކުއްޔަށް ދޫކުރުން

    ބ. މާޅޮހުން ޢާންމު ވިޔަފާރިއަށް 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދިނުމަށް ބޭނުންވެއެވެ. 

    ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ސެޕްޓެމްބަރު 2026 ވާ ބުދަ ދުވަހުގެ 13:00 ކުރިން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

    ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރުމުން ބިޑް ޑޮކިއުމަންޓް ހިއްސާކުރެވޭނެއެވެ.

އެކައުންޓް ނަންބަރ:

7719700421001

އެކައުންޓްގެ ނަން:

1361 Revenue 1

ބިޑް ޑޮކިއުމަންޓް އަގު:

500.00 (ފައްސަތޭކަ ރުފިޔާ) ރުފިޔާ

ވައިބަރ ނަންބަރ:

9896020   

 

ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން

  • މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 ސެޕްޓެމްބަރ 16 ވާ ބުދަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ.

މައުލޫމާތު

  • މަސައްކަތުގެ މަޢުލޫމާތު ޝީޓު މިއިޢުލާނާއި އެކު އެއްހީރަސް ކުރެވިފައިވާނެއެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 16 ވާ ބުދަދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ.

އަގު ހުށަހެޅުން

  • ބީލަން ހުށަހެޅުން އޮންނާނީ 2026 ސެޕްޓެމްބަރ 20 ވާ އާދިއްތަދުވަހު 11:00ގައި ބ.މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބީލަން ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • އީމެއިލް ޒަރިއްޔާ އިން ހުށަހަޅާ ބީލަންތައް ހުންނަންވާނީ ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިއެވެ.ސުންގަޑީގެ ކުރިން އީމެއިލް ޒަރިއްޔާއިން ބީލަމާއި އެކު ޕާސްވޯޑް މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް؛([email protected]) އަށް މެއިލް ކުރައްވަންވާނެއެވެ.
  • ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.

މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު

  • މަސައްކަތައް ހުށަހަޅާ އަގު  % 100

އިތުރު މައުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

09 ސެޕްޓެންބަރު 2026