މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު މާފުށީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލައި ތައްޔާރުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 (IUL)337-PP/337/2026/70 ނަންބަރު

އިޢުލާން

 

މާލެއަތޮޅު މާފުށީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލައި ތައްޔާރުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ ދަށުން ކައުންސިލްތަކުން އެކުލަވާލަންޖެހޭ 05  އަހަރުގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމަށް ބިޑަށް ހުޅުވާލައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް މިކައުންސިލަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 13:00ގައި މިކައުންސިލަށް ބިޑު ހުށަހެޅުއްވުން އެދެމެވެ.

 ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:

ހުށަހަޅާ އަގު

20%

ގުޅުންހުރި މަސައްކަތުގެ ތަޖުރިބާ

40%

މުއްދަތު (ދުވަހުން)

40%

 

ބިޑު ހުށަހެޅުން:

21 ސެޕްޓެންބަރު 2026 ވާ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި

ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073/ 7201050 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

27 ރަބީޢުލްއައްވަލް 1448

09 ސެޕްޓެންބަރު 2026

 

09 ސެޕްޓެންބަރު 2026
ހޯދާ