ދިވެހިރާއްޖެ
(IUL)337-PP/337/2026/70 ނަންބަރު
އިޢުލާން
މާލެއަތޮޅު މާފުށީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލައި ތައްޔާރުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ ދަށުން ކައުންސިލްތަކުން އެކުލަވާލަންޖެހޭ 05 އަހަރުގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމަށް ބިޑަށް ހުޅުވާލައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް މިކައުންސިލަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 13:00ގައި މިކައުންސިލަށް ބިޑު ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:
|
ހުށަހަޅާ އަގު |
20% |
|
ގުޅުންހުރި މަސައްކަތުގެ ތަޖުރިބާ |
40% |
|
މުއްދަތު (ދުވަހުން) |
40% |
|
ބިޑު ހުށަހެޅުން: |
21 ސެޕްޓެންބަރު 2026 ވާ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގެ މީޓިން ރޫމްގައި |
ބިޑު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6640073/ 7201050 ނަންބަރަށް ރަސްމީ ގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
27 ރަބީޢުލްއައްވަލް 1448
09 ސެޕްޓެންބަރު 2026