ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުފުށީ ކައުންސިލްގެ 10 ވަނަ ޤުރުއާން މުބާރާތް

ވިލުފުށީ ކައުންސިލްގެ 10 ވަނަ ޤުރުއާން މުބާރާތް 2026 އޮކްޓޫބަރު 08 އިން 10 ގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 14:00 ގެކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ފުރިހަމަކުރުން އެދެމެވެ.

 

މުބާރާތުގައި ބައިވެރިވުން:

މުބާރާތުގައި ބައިވެރިވެވޭނީ ރަށު ކައުންސިލްގެ 10 ވަނަ ޤުރުއާން މުބާރާތުގެ ގަވާއިދުގައި، މުބާރާތުގައި ބައިވެރިވެވޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެޕްލިކޭޝަން ފޯމު ފުރިހަމަކުރާ ފަރާތްތަކަށް އެކަންޏެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމްގެ ލިންކް ތިރީގައި އެވަނީއެވެ.

 

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިންކް:

https://forms.gle/jSyYK7L66JgmAjdU9

ސުންގަޑި:

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 20 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ފޯމު ފުރިހަމަކުރުން އެދެމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

08 ސެޕްޓެންބަރު 2026
ހޯދާ