ދިވެހިރާއްޖެ
ވިލުފުށީ ކައުންސިލްގެ 10 ވަނަ ޤުރުއާން މުބާރާތް 2026 އޮކްޓޫބަރު 08 އިން 10 ގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ 14:00 ގެކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު ފުރިހަމަކުރުން އެދެމެވެ.
|
މުބާރާތުގައި ބައިވެރިވުން: |
މުބާރާތުގައި ބައިވެރިވެވޭނީ ރަށު ކައުންސިލްގެ 10 ވަނަ ޤުރުއާން މުބާރާތުގެ ގަވާއިދުގައި، މުބާރާތުގައި ބައިވެރިވެވޭނެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެޕްލިކޭޝަން ފޯމު ފުރިހަމަކުރާ ފަރާތްތަކަށް އެކަންޏެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމްގެ ލިންކް ތިރީގައި އެވަނީއެވެ.
|
|
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިންކް: |
|
|
ސުންގަޑި: |
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2026 ސެޕްޓެންބަރު 20 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ފޯމު ފުރިހަމަކުރުން އެދެމެވެ. |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.