އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ، އޭވިއޭޝަން ފިއުލް (2*)

IUL:E2/IL/2026/22

ލޭބަރ، އޭވިއޭޝަން ފިއުލް (2*) 

މަޤާމުގެ ޝަރުޠު:

       ލިޔަން ކިޔަން ދަތުމާއެކު، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ހުނަރާއި ގާބިލިއްޔަތުކަން ސާބިތުކޮށްދިނުމާއިއެކު،

އުމުރުން 20 އަހަރާއި 55 އަހަރާއި ދެމެދުގެ ފަރާތަކަށްވުން

މަޤާމުގެ ގިންތި:

  •  ކޮންޓްރެކްޓް (1 އަހަރު)   

މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން

އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:

  • ފިއުލް ފާމުގައި ކުރަންޖެހޭ ވެލްޑިންގްގެ މަސައްކަތްކުރުން

  • ތެޔޮ ތާންގީތައް ސާފުކުރަންޖެހޭ ހާލަތްތަކުގައި އެ މަސައްކަތް ކުރުމާއި،ދަވާދުލުމުގެ މަސައްކަތްތަކުގެ އިތުރުން، ފިއުލް ފާމުގެ މުޅި ހޮޅިލައިން މަރާމާތުކޮށް ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރުން

  • ރިކަވަރީ ތާންގީ ސާފުކުރަންޖެހޭ ހާލަތްތަކުގައި އެކަން ކުރުމާއި، ކަނޑުގައި އަޅާފައިވާ ބޮއިތައް އިންސްޕެކްޓްކޮށް ބަލަންޖެހޭ ހާލަތްތަކުގައި އެ މަސައްކަތް ކުރުމުގެ އިތުރުން، ބާޖުތަށް ފިލްކުރުމާއި ފީފާތަކަށް ތެޔޮ އެޅުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން

  • ފިއުލް ސަރވިސްގެ އޮފީސް، ފާޚާނާ ، ބަދިގެ އަދި ރޫމްތައް ކޮންމެ ދުވަހަކު ފޮޅާ ސާފުކޮށް މޮޕްޖަހާ ރީތިކުރުން

  • ފިއުލް ފާރމް ސަރަހައްދުގައި ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން

  • ފިއުލްފާރމްގެ ދަބަރަށްވާ ހުރިހާ ތަނެއް   ބަލަހައްޓައި މަރާމާތުކުރުން

  • ކޮންމެ ދުވަހަކު ފިއުލް ޖެޓީ އާއި ބޮއި ތައް އިންސްޕެކްޓް ކުރުން.

  • ކޮންމެ މަހަކު ފިއުލް ލޮރީތައް (ރީފިއުލަރ 09 އަދި ރީފިއުލަރ 10 ) ދޮންނަ ދުވަސްތަކުގައި އޮފިސަރުންނާއި އޮޕަރޭޓަރުންނަށް އެހީތެރިވުން.

  • ޓޭންކަރު އަންނަ ދުވަސްތަކުގައި ސާމްޕަލް ނަގަން ބޭނުންވާ ތަކެއްޗާއި ޖެޓީއަށް ބޭނުންވާ ތަކެތި ތައްޔާރު ކުރުން.

  • ޖެނެރަލްކޮށް ކުރާ ކިއު.ސީ މަސައްކަތްތަކުގައި އޮފިސަރުން އެދިއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުން.

  • ފިއުލް ފާރމްއަކީ ތެޔޮ ގެންގުޅޭ ސަރަހައްދަކަށްވާތީ އެސަރަހައްދުގައި ދުންފަތުގެ އިސްތިޢުމާލު ނުކުރުން.

  • ފިއުލްފާރމުގެ އިސްކޮށް ހުންނަ ފަރާތުން އެދިއްޖެހާލަތެއްގައި އިތުރުގަޑީގެ މަސައްކަތަށް ނިކުތުން.

  • މެނޭޖްމެންޓުން ހަވާލުކުރާ، ދާއިރާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް އަދާކުރުން.

  • ·         ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެހެނިހެން މަސައްކަތްތައްކުރުން.

މުސާރަ އާއި އިނާޔަތްތައް:

  • މުސާރަ: -/5,000 ރުފިޔާ

  • ސާވިސް އެލަވަންސް -/3,450 ރުފިޔާ

  • އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.

މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އޮންލައިންކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން https://jobs.ganairport.com/   ބަޔާން ކުރެވިފައިވާ ލިންކް މެދުވެރިކޮށް އެޕްލައި ކުރެއްވުން އެދެމެވެ.

ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

 

08 ސެޕްޓެންބަރު 2026
ހޯދާ