ދިވެހިރާއްޖެ
IUL:E2/IL/2026/22
ލޭބަރ، އޭވިއޭޝަން ފިއުލް (2*)
މަޤާމުގެ ޝަރުޠު:
ލިޔަން ކިޔަން ދަތުމާއެކު، މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ހުނަރާއި ގާބިލިއްޔަތުކަން ސާބިތުކޮށްދިނުމާއިއެކު،
އުމުރުން 20 އަހަރާއި 55 އަހަރާއި ދެމެދުގެ ފަރާތަކަށްވުން
މަޤާމުގެ ގިންތި:
-
ކޮންޓްރެކްޓް (1 އަހަރު)
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
-
ބުރަކޮށް މަސައްކަތް ކުރެވޭ ހަލުވި މީހެއްކަމުގައިވުން
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
-
ފިއުލް ފާމުގައި ކުރަންޖެހޭ ވެލްޑިންގްގެ މަސައްކަތްކުރުން
-
ތެޔޮ ތާންގީތައް ސާފުކުރަންޖެހޭ ހާލަތްތަކުގައި އެ މަސައްކަތް ކުރުމާއި،ދަވާދުލުމުގެ މަސައްކަތްތަކުގެ އިތުރުން، ފިއުލް ފާމުގެ މުޅި ހޮޅިލައިން މަރާމާތުކޮށް ބެލެހެއްޓުމުގެ ހުރިހާ ކަމެއް ކުރުން
-
ރިކަވަރީ ތާންގީ ސާފުކުރަންޖެހޭ ހާލަތްތަކުގައި އެކަން ކުރުމާއި، ކަނޑުގައި އަޅާފައިވާ ބޮއިތައް އިންސްޕެކްޓްކޮށް ބަލަންޖެހޭ ހާލަތްތަކުގައި އެ މަސައްކަތް ކުރުމުގެ އިތުރުން، ބާޖުތަށް ފިލްކުރުމާއި ފީފާތަކަށް ތެޔޮ އެޅުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން
-
ފިއުލް ސަރވިސްގެ އޮފީސް، ފާޚާނާ ، ބަދިގެ އަދި ރޫމްތައް ކޮންމެ ދުވަހަކު ފޮޅާ ސާފުކޮށް މޮޕްޖަހާ ރީތިކުރުން
-
ފިއުލް ފާރމް ސަރަހައްދުގައި ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން
-
ފިއުލްފާރމްގެ ދަބަރަށްވާ ހުރިހާ ތަނެއް ބަލަހައްޓައި މަރާމާތުކުރުން
-
ކޮންމެ ދުވަހަކު ފިއުލް ޖެޓީ އާއި ބޮއި ތައް އިންސްޕެކްޓް ކުރުން.
-
ކޮންމެ މަހަކު ފިއުލް ލޮރީތައް (ރީފިއުލަރ 09 އަދި ރީފިއުލަރ 10 ) ދޮންނަ ދުވަސްތަކުގައި އޮފިސަރުންނާއި އޮޕަރޭޓަރުންނަށް އެހީތެރިވުން.
-
ޓޭންކަރު އަންނަ ދުވަސްތަކުގައި ސާމްޕަލް ނަގަން ބޭނުންވާ ތަކެއްޗާއި ޖެޓީއަށް ބޭނުންވާ ތަކެތި ތައްޔާރު ކުރުން.
-
ޖެނެރަލްކޮށް ކުރާ ކިއު.ސީ މަސައްކަތްތަކުގައި އޮފިސަރުން އެދިއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުން.
-
ފިއުލް ފާރމްއަކީ ތެޔޮ ގެންގުޅޭ ސަރަހައްދަކަށްވާތީ އެސަރަހައްދުގައި ދުންފަތުގެ އިސްތިޢުމާލު ނުކުރުން.
-
ފިއުލްފާރމުގެ އިސްކޮށް ހުންނަ ފަރާތުން އެދިއްޖެހާލަތެއްގައި އިތުރުގަޑީގެ މަސައްކަތަށް ނިކުތުން.
-
މެނޭޖްމެންޓުން ހަވާލުކުރާ، ދާއިރާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް އަދާކުރުން.
-
· ސުޕަވައިޒަރުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެހެނިހެން މަސައްކަތްތައްކުރުން.
މުސާރަ އާއި އިނާޔަތްތައް:
-
މުސާރަ: -/5,000 ރުފިޔާ
-
ސާވިސް އެލަވަންސް -/3,450 ރުފިޔާ
-
އަދި ހަމަ ޖެހިފައިވާ އުސޫލުން އެހެނިހެން އެލަވަންސްތައް ދެވޭނެ.
މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2026 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެޑްމިން އޮފީހަށް ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމް، ސީވީ އަދި އެހެނިހެން ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ. އޮންލައިންކޮށް ވަޒީފާއަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން https://jobs.ganairport.com/ ބަޔާން ކުރެވިފައިވާ ލިންކް މެދުވެރިކޮށް އެޕްލައި ކުރެއްވުން އެދެމެވެ.
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.