ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނީންގެ ޖަމުޢިއްޔާގެ ހިންގާކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ޔުނިވަރސިޓީގެ ދަސްވެނީންގެ އަސާސީ ޤަވާއިދުގެ 9 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޖަމުޢިއްޔާގެ ފުރަތަމަ ދާއިމީ ހިންގާކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން އާންމުކޮށް ހުޅުވާލައިފީމެވެ. މި އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލެވޭނީ ތަރީގައިވާ ޝަރުތު ފުރިހަމަވާ މީހުންނަށެވެ.
1. އިންތިޚާބުކުރެވޭ މަޤާމުތައް (ޖުމްލަ 7 މެންބަރުން)
- ރައީސް (1 މަގާމު)
- ހިންގާކޮމިޓީގެ އާންމު މެންބަރުން (6 މަގާމު)
ނޯޓު: ހިންގާކޮމިޓީގެ މަޤާމުތައް ކަމުގައިވާ ނައިބު ރައީސް، ޖެނެރަލް ސެކްރެޓަރީ، ޚަޒާންދާރު އަދި ރެޖިސްޓްރާރު އިންތިހާބުކުރާނީ އިންތިހާބުވާ އާންމު މެންބަރުންގެ ތެރެއިން ހިންގާކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ.
2. ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުޠުތައް
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެންޏަކަށް (އެލަމްނައި) ވުން.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުލްޓައިމް މުވައްޒަފެއްކަމުގައި ނުވުން.
- ވޯޓަރ ރަޖިސްޓަރީގައި ރަޖިސްޓަރ ވެފައިވާ މެންބަރެއްކަމުގައިވުން.
|
|
ވީމާ، މި ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު 16 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި ފޯމު އެމް.އެން.ޔޫ. ގެ ވެބްސައިޓުގައިވާ އެލަމްނައި ޕޭޖުގެ ޑައުންލޯޑް ބައިން (mnu.edu.mv/alumni) ލިބިވަޑައިގަންނަވާނެއެވެ.
|
|
މީގެއިތުރުން، މި ޖަމުޢިއްޔާގެ ވޯޓުލާ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، 16 ސެޕްޓެންބަރު 2026 ގެ 23:59 ގެ ކުރިން މެދުވެރިކުރައްވައި ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.
07 ސެޕްޓެމްބަރ 2026
