ދެންނެވުން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 16 ސެޕްޓެންބަރު 2026 23:59
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނީންގެ ޖަމުޢިއްޔާގެ ހިންގާކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނީންގެ ޖަމުޢިއްޔާގެ ހިންގާކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ޔުނިވަރސިޓީގެ ދަސްވެނީންގެ އަސާސީ ޤަވާއިދުގެ 9 ވަނަ މާއްދާއާއި 14 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ޖަމުޢިއްޔާގެ ފުރަތަމަ ދާއިމީ ހިންގާކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން އާންމުކޮށް ހުޅުވާލައިފީމެވެ. މި އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލެވޭނީ ތަރީގައިވާ ޝަރުތު ފުރިހަމަވާ މީހުންނަށެވެ.

1. އިންތިޚާބުކުރެވޭ މަޤާމުތައް (ޖުމްލަ 7 މެންބަރުން)

  1. ރައީސް (1 މަގާމު)
  2. ހިންގާކޮމިޓީގެ އާންމު މެންބަރުން (6 މަގާމު)

ނޯޓު: ހިންގާކޮމިޓީގެ މަޤާމުތައް ކަމުގައިވާ ނައިބު ރައީސް، ޖެނެރަލް ސެކްރެޓަރީ، ޚަޒާންދާރު އަދި ރެޖިސްޓްރާރު އިންތިހާބުކުރާނީ އިންތިހާބުވާ އާންމު މެންބަރުންގެ ތެރެއިން ހިންގާކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ.

2. ކުރިމަތިލާ ކެންޑިޑޭޓުންގެ ޝަރުޠުތައް   

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެންޏަކަށް (އެލަމްނައި) ވުން.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުލްޓައިމް މުވައްޒަފެއްކަމުގައި ނުވުން.
  • ވޯޓަރ ރަޖިސްޓަރީގައި ރަޖިސްޓަރ ވެފައިވާ މެންބަރެއްކަމުގައިވުން.
 

ވީމާ، މި ޖަމުޢިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު 16 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން އަށް އީމެއިލް ކުރެއްވުން އެދެމެވެ. މި ފޯމު އެމް.އެން.ޔޫ. ގެ ވެބްސައިޓުގައިވާ އެލަމްނައި ޕޭޖުގެ ޑައުންލޯޑް ބައިން (mnu.edu.mv/alumni)  ލިބިވަޑައިގަންނަވާނެއެވެ.

 

މީގެއިތުރުން، މި ޖަމުޢިއްޔާގެ ވޯޓުލާ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން، 16 ސެޕްޓެންބަރު 2026 ގެ 23:59 ގެ ކުރިން މެދުވެރިކުރައްވައި ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.          

 07 ސެޕްޓެމްބަރ 2026

08 ސެޕްޓެންބަރު 2026