ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގޯލްޑަން ފުޓްސަލް ޗެލެންޖް 2027" މުބާރާތުގައި ގއ.ނިލަންދޫ ތަމްސީލް ކުރާނެ ޖަމުޢިއްޔާއެއް ހޯދުމާއިބެހޭ

އިޢުލާން

"ގޯލްޑަން ފުޓްސަލް ޗެލެންޖް 2027" މުބާރާތުގައި ގއ.ނިލަންދޫ ތަމްސީލް ކުރާނެ ޖަމުޢިއްޔާއެއް ހޯދުމާއިބެހޭ

                 ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2027" މުބާރާތުގައި ގއ.ނިލަންދޫ ތަމްސީލް ކުރާނެ ކްލަބު/ޖަމުޢިއްޔާއެއް ހޯދަން ބޭނުންވެއެވެ.

                           ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކުލަބު/ޖަމުޢިއްޔާތަކުން 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައަޅައިދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލްއަކަށް އިސްކަންދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން 9700207 ނަމްބަރަށް ގުޅުއްވުން އެދެމެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                26   ރަބީޢުލްއައްވަލް   1448

                08   ސެޕްޓެމްބަރ    2026 

08 ސެޕްޓެންބަރު 2026
ހޯދާ