ދިވެހިރާއްޖެ
އިޢުލާން
"ގޯލްޑަން ފުޓްސަލް ޗެލެންޖް 2027" މުބާރާތުގައި ގއ.ނިލަންދޫ ތަމްސީލް ކުރާނެ ޖަމުޢިއްޔާއެއް ހޯދުމާއިބެހޭ
ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2027" މުބާރާތުގައި ގއ.ނިލަންދޫ ތަމްސީލް ކުރާނެ ކްލަބު/ޖަމުޢިއްޔާއެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކުލަބު/ޖަމުޢިއްޔާތަކުން 17 ސެޕްޓެމްބަރ 2026 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައަޅައިދެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލްއަކަށް އިސްކަންދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 15 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން 9700207 ނަމްބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ރަބީޢުލްއައްވަލް 1448
08 ސެޕްޓެމްބަރ 2026