ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ބުރުނީ އ.ތ.މ ކޮމިޓީގެ ލޯގޯ ހެދުމާގުޅޭ
ބުރުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯ ފަރުމާކުރުމާ ގުޅޭގޮތުން ފޯރުކޮށްދޭ މައުލޫމާތު ކަރުދާހާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ -/3000ރ (ތިންހާސް ރުފިޔާ) ރުފިޔާއަށްވުރެ ކުޑައަގެއްގައި މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ލޯގޯ ފަރުމާކޮށް 20 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެކުރިން ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުން
- މަސައްކަތްކޮށްދޭނެ އަގު ހިމެނޭ ކޯޓޭޝަން ( އަގު، މުއްދަތު ބަޔާންކޮށް )
- ބުރުނި އ.ތ.މ ކޮމީޓީގެ ލޯގޯ ފަރުމާކުރުމާ ގުޅޭގޮތުންދެވޭ މައުލޫމާތު ކަރުދާހާ އެއްގޮތަށް ފަރުމާކޮށްފައިވާ ލޯގޯގެ ސޮފްޓްކޮޕީ އަދި ހާޑްކޮޕީ
- ކޯޓޭޝަން ހުށަހަޅާ ފަރާތުގެ އައިޑީކާޑް ކޮޕީ
- ލޯގޯ ފަރުމާކުރުމުގެ މަސައްކަތެއް ކޮށްފައިވާނަމަ އެކަން ބަޔާންކޮށްދޭ ލިޔުން
- ލިޔުންތައް ފޮނުއްވާނީ [email protected] މެއިލްއަށް
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780038
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ރަބީޢުލްއާޚިރް 1448
07 ސެޕްޓެންބަރު 2026
07 ސެޕްޓެންބަރު 2026
ހޯދާ
