މަސައްކަތް
ނަންބަރު: (IUL)382-CA/382/2026/38
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2026
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 20 ސެޕްޓެންބަރު 2026 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ބުރުނީ އ.ތ.މ ކޮމިޓީގެ ލޯގޯ ހެދުމާގުޅޭ

               ބުރުނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ލޯގޯ ފަރުމާކުރުމާ ގުޅޭގޮތުން ފޯރުކޮށްދޭ މައުލޫމާތު ކަރުދާހާއި އެއްގޮތަށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

              ވީމާ -/3000ރ (ތިންހާސް ރުފިޔާ) ރުފިޔާއަށްވުރެ ކުޑައަގެއްގައި މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ލޯގޯ ފަރުމާކޮށް 20 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 13:00 ގެކުރިން ތިރީގައި މިދަންނަވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުން

  1. މަސައްކަތްކޮށްދޭނެ އަގު ހިމެނޭ ކޯޓޭޝަން ( އަގު، މުއްދަތު ބަޔާންކޮށް )
  2. ބުރުނި އ.ތ.މ ކޮމީޓީގެ ލޯގޯ ފަރުމާކުރުމާ ގުޅޭގޮތުންދެވޭ މައުލޫމާތު ކަރުދާހާ އެއްގޮތަށް ފަރުމާކޮށްފައިވާ ލޯގޯގެ ސޮފްޓްކޮޕީ އަދި ހާޑްކޮޕީ
  3. ކޯޓޭޝަން ހުށަހަޅާ ފަރާތުގެ އައިޑީކާޑް ކޮޕީ
  4. ލޯގޯ ފަރުމާކުރުމުގެ މަސައްކަތެއް ކޮށްފައިވާނަމަ އެކަން ބަޔާންކޮށްދޭ ލިޔުން
  • ލިޔުންތައް ފޮނުއްވާނީ [email protected]  މެއިލްއަށް
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780038

                    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                     25 ރަބީޢުލްއާޚިރް 1448

        07 ސެޕްޓެންބަރު 2026 

07 ސެޕްޓެންބަރު 2026